ފިނިޕޭޖް

"މެލެފިޝެންޓް"ގެ ދެ ވަނަ ބައިގައި ވެސް އެންޖެލީނާ ޖޯލީ

ޑިޒްނީގެ މަޝްހޫރު ފިލްމް "ސްލީޕިން ބިއުޓީ" އަށް ބިނާކޮށް 2014 ވަނަ އަހަރު ނެރުނު "މެލެފިޝެންޓު" ގެ ދެވަނަ ބައި ނެރޭއިރު އެފިލްމުގައިވެސް މެލެފިޝެމްޓުގެ ރޯލުން އެންޖެލީނާ ޖޯލީ ފެނިގެންދާނެ ކަމަށް އޭނާ ބުނެފި އެވެ.

އެ ފިލްމުގެ ދެ ވަނަ ބައި ނެރޭނެކަން ކަށަވަރު ކޮށްދެމުން އެންޖެލީނާ ވަނީ އޭނާވެސް އެފިލްމުގައި އުޅޭނެ ކަަމަށް ބުނެފަ އެވެ. މެލެފިޝެންޓް އަކީ ލައިވް އެކްޝަން ފިލްމެކެވެ. އެ ފިލްމު ވަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ.

މެލެފިޝެންޓުގެ ރޯލުން އެންޖެލީނާ ފެނިގެންދާ ކަން އިއުލާނު ކުރި ކަމުގައި ވިޔަސް އެހެން ރޯލުތަކުން ފެނިގެން ދާނީ ކޮން ތަރިންނެއްކަން އަދި ވަނީ ސިއްރުކޮށްފަ އެވެ. ފިލްމު އުފެއްދުމުގެ ފުރަތަމަ މަރުހަލާގެ ކަންތައްތައް މިހާރު ވަނީ ފަށާފަ އެވެ.

މެލެފިޝެންޓުގެ ފުރަތަމަ ބައިގައި އެންޖެލީނާގެ ނުލަފާ ކަމާއި އަދި ނުލަފާ މީހަކަށްވާން ބޭނުންވާ ސަބަބު ދައްކައިދެ އެވެ.