ބޮލީވުޑް

ލޯބީގެ ގޮތުން ރަންބީރު ކުއްޖަކާ ގުޅުނީ!؟

ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރް އަނެއްކާވެސް ލޯބީގެ ގޮތުން ކުއްޖަކާ ގުޅިފައިވާ ކަމަށް އަޑުތައް ފެތުރިއްޖެ އެވެ. މި އަޑުތައް ފެތުރިފައި މިވަނީ ކެޓްރީނާ ކައިފްއާ ރަންބީރު ރުޅިވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

ނުވަ އަހަރު ވަންދެން ރަންބީރާއި ކެޓްރީނާ ރައްޓެރިވެގެން އުޅުނު ނަމަވެސް ވަރަށް ފަހަކަށް ޖެހެންދެން ވެސް އެ ދެ މީހުން އުޅުނީ ގުޅުން ސިއްރުކޮށްގެންނެވެ. ނަމަވެސް ފަހުން ދެ ތަރިން ވަނީ އެއް ގެއަކަށް ބަދަލުވެފަ އެވެ. ދެ ތަރިން ރުޅިވުމަށްފަހު އެކުގައި އުޅުނު އެޕާޓްމެންޓުން ދެ ތަރިން ވެސް ވަނީ ނިކުމެފަ އެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުގައި ރަންބީރު މިފަހަރު ލޯބީގެ ގޮތުން ގުޅިފައިވަނީ ދިއްލާއަށް ނިސްބަތްވާ އަންހެން ކުއްޖަކާއެކެވެ. މި ކުއްޖާއަކީ ބޮލީވުޑަށް ނިސްބަތްވާ ކުއްޖެއް ނޫނެވެ. އަދި އެ ކުއްޖާގެ ވަނަވަރެއް އެއްވެސް މީޑިއާއެއްގެ އަތުގައި އަދި ޖެހޭ ގޮތްވެފައެއް ނުވެ އެވެ. ނަމަވެސް އެ ކުއްޖާއާއި ރަންބީރު ބައްދަލުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

ދިއްލީއަށް ނިސްބަތްވާ ކުއްޖާކާ ރަންބީރު ރައްޓެހިވެފައިވާ ކަމަށް ހަބަރުތައް ފެތުރެމުންދާއިރު، މީގެކުރިން މިފަދަ އަޑުތަކެއް އެރީ ޝާހިދު ކަޕޫރާ ގުޅޭ ގޮތުންނެވެ. އޭނާއާ ގުޅޭ ގޮތުން އެފަދަ އަޑުތަކެއް އެރިތާ މާގިނަ ދުވަސްތަކެއްނުވެ އޭނާ ވަނީ މީރާއާ ކައިވެނިކޮށްފަ އެވެ. އެހެންކަމުން ރަންބީރާ ގުޅޭ ގޮތުން ވެސް އަރާ އަޑުތަކަކީ ހަގީގަތަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ކައިރި މުސްތަގުބަލެއްގައި ރަންބީރު ކައިވެނިކުރުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެކެވެ.