ޑެންގީ

ޑެންގީ ހުމަށް ހޭލުންތެރިކުރަން އެއް މިލިއަން ރުފިޔާގެ މަޝްރޫއެއް

އިންފޮމޭޝަން ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ބޭނުން ކޮށްގެން ޑެންގީ ބައްޔަށް ފަރުވާ ކުރުމުގައި ބޭނުން ކުރަމުން އަންނަ ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތަކަށް ސިއްހީ އެހީތެރިން އަހުލުވެރިކުރުވާ އެކަމަށް ހޭލުންތެރިކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެއް މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ސޮއިކުރި އެއްބަސް ވުމަކީ މީހުން ދިރިއުޅޭ ރަށްތަކުގައި އީ ސެންޓަރުތައް ގާއިމްކުރުމަށް ހަމަޖެހިފައިވާ މަޝްރޫއު "ރީޗިންގ ދަ އަންރީޗްޑް" އިނިޝިއޭޓިވްގެ ދަށުން މިިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެޗްޕީއޭ އާ، އެންސީއައިޓީ އަދި އެލްޖީއޭގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުމަށް ގެނަ ފުރަތަމަ އިސްލާހެވެ.

މި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ޑެންގީ ބައްޔަށް ފަރުވާ ކުރުމުގައި ބޭނުން ކުރަމުން އަންނަ ގައިޑްލައިންތަކާ ޕްރޮޓޮކޯލް ތަކަށް ސިއްހީ އެހީތެރިން ހޭލުންތެރި ކުރުވުމުގެ އިތުރަށް ސިއްހީ ދާއިރާ އާ ގުޅުންހުރި މައުލޫމާތު އެއްކުރާނެ ކަމަށް ހެލްތު މިނިސްޓްރޫން މައުލޫމާތުދެ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހުރިހާ އަތޮޅެއްގައި ޑެންގީ ޕްރޮޓޮކޯލްތަކަށް އަހުލުވެރި ކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ. މި އެއްބަސް ވުމަކީ ސާކު ޑިވެލޮޕްމެންޓް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އީ-ސެންޓަރުތައް މެދުވެރިކޮށް، ކައުންސިލުތަކާއި ގުޅިގެން ކަމަށެވެ.