އޮފްބީޓް

"ޗައި ވާލާ" އަށް މޮޑެލް ކުރަން ފުުރުސަތު ލިބިއްޖެ

އިންޓަނެޓުގައި މިދާކަށް ދުވަހު އާންމުވި ވަރަށް ރީތި ޒުވާނެއްގެ ވާހަކަ އެވެ. ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ އަރްޝަދު ހާން އެވެ. ގިނަ މީހުން ދަންނަ ގޮތުން ނަމަ ނާސިރު ހާން އެވެ. ދިރިއުޅުމަށް އޭނާ ކުރަމުން އައި މަސައްކަތަކީ ސައި ވިއްކުމެވެ.

"ރީތި ހުސްކޮށްގެން ހުރި" ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އޭނާ ސިފަކޮށްފައިވެ އެވެ. ދުވާލަކު އެތައް ހާސް ބަޔަކަށް ސައި ވިއްކުމުގައި ހޭދަކުރި ިއިރު އޭނާގެ ނޫކުލައިގެ ކަޅި މީހަކަށް ފާހަގަވި ކަމެއް ނޭނގެ އެވެ. ޝައުގުވެރި ކަމާއެކު އެ ލޮލަށް ބަލާލި މީހަކު ނެތެވެ. ނަމަވެސް އެދުވަހު ސައި ގަންނަން އޭނާގެ ސްޓޯލަށް ދިޔަ ޖިއާ ހާން އަށް ފެނުނީ އެހެން މީހުންނަށް ފެންނަ އަރުޝަދެއް ނޫނެވެ.

އަރްޝަދުގެ ނޫކުލައިގެ ދެލޮލުން ޖިއާއަށް އަރްޝަދުގެ މުސްތަގްބަލް ފެނުނު ފަދަ އެވެ. ފިލްމީ ދާއިރާގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނެކަން ޔަގީންކޮށް ޖިއާ ވަނީ އަރްޝަދުގެ ފޮޓޯ ނަގާ އިންޓަނެޓަށް ދޫކޮށްލާފަ އެވެ. އުމުުރު ދުވަހު ގެއްލިފައި ހުރި އޭނާގެ "ރީތިކަން" ދުނިޔަށް ފެނުނީ އެ ދުވަހު އެވެ. 70 އެއްހާ އަންހެން ކުދިން ސައި ގަތުމުގެ ނަމުގައި އަރްޝަދުގެ ސްޓޯލަށް ގޮސް އޭނާ އޭ އެކު ސެލްފީވެސް ނެގި އެވެ.

މިއަދު އެއީ މަރްދާން ސިޓީގައި ސައި ވިއްކަން އުޅޭ "ނިކަމެތި" ސޮރެއް ނޫނެެވެ. މިއަދު އެއީ ވެރިރަށް އިސްލާމް އާބާދުގެ ފުރަތަމަ އޮންލައިން ބޭސްޑް ވިޔަފާރި ފިޓިން ޕީކޭގެ މޮޑެލްވެސް މެ އެވެ. ފިޓިން އިން ވަނީ އެކުންފުނީގެ ރޯލް މޮޑެލްގެ ގޮތުގައި އަރްޝަދު ހަމަޖައްސާފަ އެވެ.

ފިޓިން އިން މިހާރުވަނީ އަރްޝަދު މޮޑެލް ފޮޓޯއެއްވެސް ފޭސްބުކަށް ދޫކޮށްލާފަ އެވެ. ފޮޓޯގެ ކެޕްޝަންގައި ވަނީ އެއީ މިހާރު އެއީ "ޗާއި ވާލާ" ނޫން ކަމަށާއި މިހާރު އެއީ "ފެޝަން ވާލާ" ކަމަށެވެ. އެ ފޮޓޯގައި އޭނަ ހުރީ ކޯޓު ފަޓޫލޫނުގަ އެވެ.