މޯލްޑިވިއަން އައިޑޮލް 2

ދެވަނަ މޯލްޑިވިއަން އައިޑޮލަކީ ބޮބް

ދެވަނަ މޯލްޑިވިއަން އައިޑޮލްއަކަށް މުހައްމަދު ތަސްނީމް (ބޮބް) ހޮވަައިފި އެވެ. ބޮބްއަށް މި ޓައިޓަލް ލިބިފައިވަނީ އިއްޔެ އޭނާ ހުށަހަޅައިދިން ދެ ލަވައަށް ޖަޖުންގެ ފަރާތުން ލިބުނު މާކުހާއި ސަޕޯޓަރުން ކުރި ވޯޓާ އެއްކޮށްލުމުން އެންމެ މަތީ މާކްސް ލިބިގެންނެވެ.

ދެވަނަ އައިޑޮލްއަށްވުމަށް ބޮބްއާ ވާދަކޮށްފައިވަނީ ހަމޫދު އަހްމަދާއި ޝަމްވީލް މުހައްމަދެވެ. އޭގެ ތެރެއިން ދެވަނަ ހާސިލުކޮށްފައިވަނީ ހަމޫދެވެ.

އެއްވަނައަށް ހޮވުނު ބޮބްއަށް ވަނީ 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. ބޮބްއަށް އެ އިނާމް ހަވާލުކުރީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

އައިޑޮލްގެ ސްޕޮންސަރުންގެ ފަރާތުން ވެސް ބޮޑެތި ގިނަ އިނާމްތަކެއް ގަދަ ތިން ބައިވެރިންނަށް ދީފައިވެ އެވެ. ސްޕޮންސަރުންގެ ފަރާތުން ގަދަ ތިން ބައިވެރިންނަށް ޖުމްލަ 5.8 މިލިއަން ރުފިޔާގެ އިނާމް ދީފައިވެ އެވެ.