ވިޔަފާރި

އުރީދޫއާއެކު "އެޕަލް އިވެންޓް" ބަލަން މިރޭ ސީހައުސް އަށް!

އެޕަލްގެ ފޭނުން ނަށް މިރެއަކީ ބޮޑު ރެއެކެވެ. މިރޭ ރާއްޖޭގެ ގަޑިން 8:00 ޖަހާއިރު އެޕަލްގެ އާ ފޯނު ދުނިޔެއަށް ދައްކާލާނެ އެވެ. އެހެންވެ އެޕަލްގެ އުފެއްދުންތައް ގެންގުޅޭ މީހުންނަށް މިރޭ ހާއްސަ ވާނެ އެވެ. ކުލަ ގަދަ އެ އިވެންޓު ފަސޭހަ ކަމާއެކު ބަލައިލުމުގެ ފުރުސަތު އުރީދޫއިން މިވަނީ ތަނަވަސްކޮށްދީފަ އެވެ.

"އެޕްލަ އިވެންޓު" ބަލައިލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސީހައުސްގައި އުރީދޫން މިރޭ ހާއްސަ އިވެންޓެއް ބާއްވާނެ އެވެ. "އުރީދޫލައިވް" މެދުވެރިކޮށް ވަގުތުން ބަލައިލުމުގެ ފުރުސަތު ލިބޭ މި އިވެންޓު އޮންނަ ސީހައުސް އަށް ދިއުމުން ހާއްސަ އިނާމު ތަކެއް ވެސް ލިބޭނެ އެވެ.

އެޕްލައިން ހާއްސަ ހަފުލާއެއް ބާއްވަން ތައްޔާރުވާއިރު، އިތުރު މައްސަލަތަކެއް ވެސް މިވަނީ ނުކުމެފަ އެވެ. އެގޮތުން އައިފޯން 8 އާއި އައިފޯން 8 ޕްލަސް އަދި އައިފޯން އެކްސްގެ މައުލޫމާތުތައް ވަނީ ލީކު ކޮށްލާފަ އެވެ. އެޕަލްގެ ފޯނު އާންމުކޮށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.