ވިޔަފާރި

ހުޅުމާލޭގެ މީހުން ހާލަތު ބަލަން އެޗްޑީސީން ގޭގެއަށް

ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ހާލަތު ބެލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ގޭގެ އަށް ގޮސްގެން ހޮނިހިރު ދުވަހުން ފެށިގެން ސާވޭއެއް ފަށާނެ އެވެ.

އެޗްޑީސީން ބުނީ ދެ ތިން ހަމްފާޓެ މުއްދަތަށް ސާވޭ ކުރިއަށް ގެންދާނެ ކަމަށާއި އަދި މި ސާވޭގައި 150 މީހުން ބައިވެރިވާނެ ކަމަށާ ސާވޭގެ ދަށުން، މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ގޮސް އާއްމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑު އަހާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ މި ސާވޭގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އެ ކުންފުނިން ދެވެން އޮތް އެއްބާރުލުމެއް ދިނުން ކަމަށެވެ. އަދި ހުޅުމާލޭގެ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމާއި ސިޔާސަތުގައި ކަންކަން ކަނޑައެޅުމުގައި ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ހިޔާލުތައް ހޯދުމަކީވެސް ބޭނުމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ހުޅުމާލެއަކީ 2004 ވަނަ އަހަރު މީހުން ދިރިއުޅެއް ހިއްކި ރަށެވެ. މިހާރު މިރަށުގައި 30،000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެ އެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމާއެކު އެއް ލައްކަ މީހުންގެ އާބާދީއަކަށް އެރަށް ދަނީ ފައްކާ ކުރަމުންނެވެ.