ވިޔަފާރި

ދިރާގުން ގެސްޓު ހައުސްތަކަށް ޓީވީ ޕެކޭޖުތަކެއް ތައާރަފްކޮށްފި

ދިރާގުން ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަކޮށްގެން ޓީވީ ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ. އެގޮތުން ތިން ޕެކޭޖެއް ދިރާގުން ވަނީ ތައާރަފްކޮށްފަ އެވެ.

ދިރާގުން ބުނީ، އެ ހިދުމަތް ލިބޭނީ ރާއްޖޭގައި އެކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކް ގާއިމްކޮށްފައިވާ ރަށްރަށުގައި ހިންގަމުންގެންދާ ގެސްޓްހައުސް ވިޔަފާރިތަކަށް ކަމަށެވެ. އަދި އެ ހިދުމަތާއި އެކު ތަފާތު އެތަށް ޑިޖިޓަލް ވެލިއު އެޑެޑް ފީޗާތައްވެސް މި ޓީވީ ޕެކޭޖާއެއްކޮށް ލިބިގެން ދާނެ ކަމަށެވެ. އޭގެ ތެރޭގައި ގެސްޓްހައުސް އޮޕަރޭޓާ ސާވިސް، ރޫމް ސާވިސް އަށް ޓީވީ މެދުވެރިކޮށް ރިކުއެސްޓް ކުރުން، އަދި ތަފާތު ރެކްރިއޭޝަނަލް އެކްޓިވިޓީސް އަށް ޓީވީ މެދުވެރިކޮށް ރިކުއެސްޓް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ގެސްޓްހައުސް ޓީވީގެ ޔޫޒާ އިންޓަފޭސް އެ ގެސްޓްހައުސް އަކުން ބޭނުން ގޮތަކަށް ކަސްޓަމައިޒް ކޮށްލެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގު ގެސްޓްހައުސް ޓީވީ ހިދުމަތަކީ ގެސްޓްހައުސްތަކަށް ހާއްސަކޮށް ޓިވީ ހިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކުރެވިގެން ރާއްޖޭގައި ތަޢާރަފްކޮށްފައިވާ އެފަދަ ފުރަތަމަ ހިދުމަތެވެ.

ދިރާގުން ބުނީ ގެސްޓްހައުސް ޓީވީގެ ސަބަބުން ގެސްޓްހައުސްގައި ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.