މިއުޒިކް

ބަދަލުތަކާއެކު ލަވަ ފޮށީގެ އާ ވާޝަން ނެރެފި

މިއުޒިކާއި ލަވައިގެ ނުފޫޒު ދިވެހިންގެ ތެރޭގަ ގަދަވެފައި އޮތް އިރު ދިވެހިން އެންމެ ގިނައިން ލަވަ ޖަހާ އެެއް އެޕްލިކޭޝަނަކަށް ވެފަ މިއޮތީ 100 ޕަސަންޓު ދިވެހި އެޕްލިކޭޝަނެއް ކަމަށްވާ "ލަވަފޮށި" އެވެ. އެ އެޕްލިކޭޝަން އުފެއްދިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު އެތައް ހާހަކަށް ވަނީ އަރާފަ އެވެ.

ލަވަ ފޮށީގެ ޓްރަޔަލް ވާޝަންއަށް އިތުރު ބަދަލުތަކެއް ގެނެސް ލަވަފޮށީގެ އޮފިޝަލް ވާޝަން މިހާރު މިވަނީ ލޯންޗުކޮށްފަ އެވެ. ކުދި ކުދި އިތުރު ބަދަލުތަކާއެކުގަ އެވެ. ލަވަފޮށިން ލަވަ އަޑުއެހުމަށްފަހު އޮފްލައިންގަ އަޑުއަހާލަން ސޭވް ކޮށްލަންވީ އެވެ. ޓްރަޔަލް މުއްދަތު ހަމަވުމުން ފީގެ ގޮތުގައި މިހާރު ދައްކަން ޖެހެނީ 49 ރުފިޔާ އެވެ. އޮންލައިންކޮށް އަދި ޕާޓްނަރު ފިހާރަތަކުންވެސް ފީ ދެއްކޭނެ އެވެ.

ލަވަފޮށި އެޕްލިކޭޝަނުން ކަސްޓަމަރުންގެ އިތުރުން އާޓިސްޓުންނަށްވެސް އެތައް ފައިދާއެއް އެބަ އޮތެވެ. ލަވަފޮށީގަ ރަޖިސްޓްރީކޮށްލައިގެން އާމްދަނީ ހޯދޭނެ އެވެ. އެ އާޓިސްޓެއްގެ ލަވަތައް ސްޓްރީމް ކުރާ މިންވަރުން އާމްދަނީ ލިބޭނެ އެވެ. އަދި އެ އާޓިސްޓެއްގެ ލަވަތަކަށް މީހުން އެކްސެސް ވާ މިންވަރު ވަގުތުން ބަލައިލެވޭނެ އެވެ.

ލަވަފޮށީގައި މިހާތަނަށް 20،000 އަށްވުރެ ގިނަ ޔޫޒާ ރަޖިސްޓްރީކޮށްފައިވާއިރު 600 އަށްވުރެ ގިނަ އަލްބަމްގެ 10،000 އަށްވުރެ ލަވަތައް ލަވަފޮށިން އަޑުއަހާލެވޭނެ އެވެ. އޭގެ ތެރޭގައި ފާއިތުވެދިޔަ 50 އަހަރުގެ ތެރޭގައި އުފައްދާފައިވާ ލަވަތައް ހިމެނޭނެ އެވެ. އެ އެޕްލިކޭޝަންގައި ހުރިހާ ލަވައެއްވެސް ހިމަނާފައިވަނީ އެ ލަވައެއްގެ އަސްލު ހެދި މީހުންގެ ހުއްދައާއެކު އެންމެ ރަނގަޅު ކޮލިޓީގަ އެވެ.

"މިއަދު ދިވެހި މިއުޒިކް އިންޑަސްޓްރީ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ، އަދި މިއީ ދިވެހި މިއުޒިކްގެ ތާރީހުގައި ފާހަގަކުރަން ޖެހޭ ވަރުގެ ދުވަހެއް،" "ލަވަފޮށީ"ގެ ފައުންޑާ އަދި ސީއީއޯ އަބްދުﷲ ނާޒިމް ބުންޏެވެ.

ލަވަފޮށި އެޕްލިކޭޝަނުން މިހާރުވެސް އަޑުއަހާލަން އެންމެ ބޭނުންވާ އެންމެ ރީތި ލަވަތަކުގެ ޕްލޭލިސްޓުތައް ތައްޔާރު ކުރެވޭނެ އެވެ. އަދި ރައްޓެހިން ތައްޔާރުކޮށްފައި ހުންނަ ޕްލޭ ލިސްޓުތަކުން ލަވަ އަޑުއަހައި ވެސް ލެވޭނެ އެވެ. އެހެން ވީމާ އެންމެ ގަޔާވާ ލަވަތަކާ އެކު އަވަހަށް ޕްލޭލިސްޓުތައް ހަދާލާށެވެ. އަދި ފަހުން އަޑުއަހާލަން ލަވަފޮށިން ލަވަ ޑައުންލޯޑުވެސް ކޮށްލެވޭނެ އެވެ.