އަވަސް ރީލް

އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން!

ވީޑިއޯ ރިޕޯޓްގެ ހުލާސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމުގެ އަޑުތަކާއި މަންޒަރުތައް އަނެއްކާވެސް ވަނީ ގަދަވާން ފަށާފަ އެވެ.

ހެއްކަކީ ފަހަކަށް އައިސް ދައުލަތުގެ ތިން ބާރުގެ ބާރުގެ ތެރެއިން ރައީސް ސޯލިހުގެ ސަރުކާރާއި، ގާނޫނު ހެދުމުގެ ބާރު ކަމުގައިވާ، ރައްޔިތުންގެ މަޖިލީހާއި މެދު މި ފެންނަން އޮތް ވާދަ ވެރިކަމާއި، ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ބައެއް ވާހަކަތަކެވެ. އަދި ފުރަތަމަ ފަހަރަށް އެފަ އެއް ވާހަކައެއް ރައީސް ސޯލިހު ދޮގު ކުރެއްވުމެވެ. ޒަމާންވީ ރައްޓެހިކަމެއް ދެ ބޭފުޅުންގެ ދެމެދުގައި އޮތް ކަމުގައިވީ ނަމަވެސް، ރައީސް ސޯލިހުގެ ސަރުކާރަށް "ޑެމޭޖް" ވާ ގޮތަށް ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަ ތަކުގެ ސަބަބުން ސަރުކާރު ދިފާއު ކުރުމަށް އެމަނިކުފާނަށް މިވަނީ މަޖުބޫރު ވެވަޑައިގެންފަ އެވެ.

ރިޔާސީ ކޮމިޝަނުން ބަލާ އަހުމަދު ރިލްވާންގެ މައްސަލަައިގައި އެކުލަވާލާފައިވާ ރިޕޯޓް މަޖިލީހުގެ ރައީސް ނަޝީދަށް އެރުވުމުން، އެމަނިކުފާނު ވަނީ މަޖިލީހުގެ ޕީޖީ ލީޑަރުންނަށް އެ ރިޕޯޓް ހިއްސާކޮށް، މަޖިލީހުގެ ތަޅުމުގައި ވެސް އެކަމަށް ބަހުސްކޮށް ހަދާފައި ވެ އެވެ. އޭގެ ފަހުން ރައީސް ސޯލިހު ވަނީ އެ ހިއްސާ ކުރުމަކީ އެމަނިކުފާނުގެ އެނގިވަޑައިގެން ވީ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.