ބޭރު ކުޅިވަރު

ބެންޓެކޭ ލިވަޕޫލް މޮޅުކޮށްދީފި

ޕްރިމިއަ ލީގަށް ޕްރޮމޯޓްވެފައިވާ ބޯންމަތުއާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުގައި ކްރިސްޓިއަން ބެންޓެކޭ ޖެހި ލަނޑުން ލިވަޕޫލަށް ހަނި މޮޅެއް ލިބުނުއިރު އެސްޓަން ވިލާ އިން 32.5 މިލިއަން ޕައުންޑަށް ލިވަޕޫލަށް ގެންދިޔަ މި ކުޅުންތެރިޔާގެ ލިވަޕޫލްގެ ފުރަތަމަ ފެނިލުމެވެ.

އަނެއް ވާހަކަ އަކީ ޖޯޑަން ހެންޑަސަން ނަގައިދިން ހުރަހަކުން މެޗުގެ 26 ވަނަ މިނެޓްގައި ބެންޓެކޭ މި ލަނޑެއް ޖެހިއިރު އޭނާއާ އެކު ކުރިއަށް އަރައި އޮތް ލިވަޕޫލްގެ އަނެއް ފޯވާޑް ފިލިޕޭ ކޫޓީނިއޯ ވެސް އެ ބޯޅަށް އަށް ހަރަކާތްކުރިއިރު އެނާ ހުރީ އޮފްސައިޑް ސަރަހައްދެއްގަ އެވެ. އެހެންވީމަ ލިވަޕޫލުން ޖެހި ލަނޑަކީ އޮފްސައިޑް ގޯލެއް ކަމަށް އެންމެން ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް ރެފްރީގެ ނިންމުން އެންމެ ފަހު ނިންމުމަށްވާއިރު މި މެޗުން ތިން ޕޮއިންޓް ހޯދައިގެން ލިވަޕޫލް މިހާރު ވަނީ ތާވަލްގެ ތިން ވަނަ އަށް އަރައިފަ އެވެ.