ހަބަރު

ޖަލުގައި ތިބިއިރު މުޅި އާއިލާއަށް އަނިޔާދިން: ނާޒިމް

ހުކުމް ތަންފީޒު ކުރަމުން ދިޔައިރު އެންމެ ބޮޑު އަނިޔާއެއް ކުރީ ސަރުކާރުން ދިނީ އަނބިދަރިންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ޖަލުގައި އަމަލު ކުރެވެމުން ދަނީ އަނިޔާވެރިކޮށް ކަމަށާ ގިނަ ހައްގުތަކަކުން އެމަނިކުފާނު މަހުރޫމް ކުރައްވާފައިވާ ކަމަށް އިދިކޮޅުގެ އިސް ބޭފުޅުން ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީނުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ފާހަގަ ކުރެވުނު ނާޒިމް ވިދާޅުވީ އެ ބޭފުޅުން ހުކުމް ތަންފީޒު ކުރަމުން ދިޔައިރު އެންމެ ބޮޑު އަނިޔާއެއް ދިނީ އަނބިދަރިންނަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އަނބިން އޮރިޔާން ކުރުމަށްފަހު ސްކޮޓް ކުރަން ވެސް ޖެއްސި. އެ ދުވަސްތައް މަތިން ހަނދާންނެތް ބޭފުޅުންނަށްނަށް ޖަވާބެއް ނުދިނިއްޔާ ރަނގަޅުވާނީ،" ނާޒިމް ވިދާޅުވި އެވެ.

މަކަރާއި ހީލަތުގެ މައްސަލައިގައި ނާޒިމްގެ މައްޗަށް ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ސުޕްރީމް ކޯޓުން ނާޒިމްގެ ހުކުމް ބާތިލް ކޮށްފައި ވަނީ ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސްޕްރީމް ކޯޓުން އިއްވި ހުކުމް ރިވިއު ކުރުމަށް ނާޒިމްގެ ފަރާތުން އެ ކޯޓަށް ހުށަހެޅުމުންނެވެ. އެ ހުށަހެޅުން ނާޒިމް ހުށަހެޅުއްވީ އޭނާއާ ގާތް ގުޅުމެއް އޮތް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ފަހުންނެވެ.