ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި ހިމެނޭ ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ. މަރުވީ ވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
މަރުވި އެ މީހާއަކީ ހާލު ސީރިއަސް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވާ މީހާ އެވެ. އެނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާދެނިކޮށެވެ. އޭނާ މަރުވުމުގެ ކުރިން ފިޓްޖެހި ހަށިގަނޑުގެ ނާރެއް ފަޅައިގެން ދިޔަ ކަމަށް ވެއެވެ.
ކޮވިޑް ޖެހިގެން ދެވަނަ ވަނަ މީހަކު މަރުވި އިރު ކުރިން މަރުވެފައި ވަނީ ދިވެހި އަންހެނެކެވެ. ރާއްޖެ ކޮވިޑް ޖެހިފައިވާ މީހުންގެ މިހާރުގެ އަދަދަކީ 557 އެވެ.
- ޕޮޒިޓިވްވި އަދަދު: 557
- ކަރަންޓީނު: 1759
- އައިސޮލޭޝަން: 458
- މަރު: 2