LIVE UPDATES

ރަހީނުކުރި ދިވެހިން ސަލާމަތްކޮށްފި، ކުރިމަތިލުމެއް ނުހިނގާ

ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ބިދޭސީންތަކެއް ހިންގަމުންދާ ހަމަނުޖެހުމުގައި ފުލުހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ. އެ ފުލުހުންނަށް މިހާރު ދަނީ ބ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ. މިއަދު ހަވީރު ހިންގަން ފެށި ހަމަނުޖެހުން އަދިވެސް ކޮންޓްރޯލް ކުރެވިފައިނުވާއިރު އެ ރަށަށް ހަތިޔާރާއެކު ފުލުހުންނަށް އަދިވެސް އެރޭ ގޮތެއް ނުވެ އެވެ. ތުޅާދޫއާ އެއް ފަޅުގައި އޮންނަ އެ ރަށުގައި ބިދޭސީން ހުޅުޖަހައި އެތަނުގައި އުޅޭ ބައެއް ދިވެހިން ވަނީ ހިފަހައްޓާފަ އެވެ. އެމީހުން ތިބީ ދަގަނޑުބުރި ފަދަ ހަތިޔާރާ ވެސް އެކުގައި އެވެ. އެމީހުން ހަމަނުޖެހުން ހިންގަމުންދަނީ މުސާރަ ނުދޭ ކަމަށް ބުނެ އެވެ.