ފަތާ ޓްރެކު

ސްވިމިން ޓްރެކްގައި ޑައިވިން ޕްލެޓްފޯމެއް ހަދައިދޭނެ ބަޔަކު ހޯދަނީ

މާލޭ އިރު ދެކުނު ފަރާތުގައި ހަދާފައިވާ ސްވިމިން ޓްރެކްގައި ޑައިވިން ޕްލެޓްފޯމެއް ހަދާނެ ބަޔަކު ހޯދަން ސްވިމިން އެސޯސިއޭޝަނުން އިއުލާނު ކޮށްފި އެވެ.

އެ އެސޯސިއޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭ އިރުދެކުނު ފަރާތު ސްވިމިން ޓްރެކްގައި ޑައިވިން ޕްލެޓްފޯމެއް ހަދަން ބޭނުންވާ ކަމަށާ އެ ކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މިމަސަތްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައިވާނެ ކަމަށްވެސް ބުންޏެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 އަދި 20 ގައި އެ އެސޯސިއޭޝަންގައި ރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20000 ރުފިޔާ ހުށަހަޅަން ޖެހެއެވެ.