ވިޔަފާރި

އިންޑިއާގައި ރާއްޖެ އިސްތިހާރު ކުރަން އިތުރު ކެމްޕެއިނެއް

Nov 7, 2020

އިންޑިއާ މާކެޓުގައި ރާއްޖެ އިސްތިހާރު ކުރުމަށް، ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމް 'ވޫޓް' އާއެކު އިތުރު ކެމްޕެއިނެއް އެމްްއެމްޕީއާރްސީން ފަށައިިފި އެވެ.

މޯލްޑިވްސްް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ އިން ބުނީ ވޫޓް ޕްލެޓްފޯމުގައި ކުރިއށްގެންްދާ މިި ކެމްޕެއިނުގެ މަގްސަދަކީ ރާއްޖެ އިތުރަަށް އިސްތިހާރު ކުރުން ކަމަށެވެ.

އަދި، މި ޕްލެޓްފޯމް މެދުވެރިކޮށް މި ވަގުތު ފަތުރުވެރިން އަަންނަން އެންމެ ރައްކާތެރީ ރާއްޖެ ކަަމަށް ދެއްކޭނެ ކަމަށެވެ. އެގޮތުން މި އިސްތިހާާރުތައް އިންޑިއާގެ ދިއްލީ އާއި މުމްބާއި އާއި ހައިދްރައާބާދު އަދި ޗެންނާއިގެ އިތުރުން ކޮޗިން ފަދަ ބޮޑެތި ސިޓީތަކުގެ އޯޑިއެންސް އަށް ދެއްކޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ވޫޓް ޕްލެޓްފޯމަކީ 15 މިލިއަަން ސަަބްސްކްރައިބަރުން އޮންނަ އިންޑިއާގެ ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމެކެވެ.

ރާއްޖެ މާކެޓު ކުރަން އެކަށީގެންވާ ބޮޑު މަސައްކަތްތަކެއް ނުކުރާ ކަމުގެ ފާޑުކިއުން އަމާޒުވެފައިވާ އެމްއެމްޕީއާރުސީން އިންޑިއާގައި މާކެޓިން ހަރަކާތްތަކެއް މިހާރު ހިންގަ އެވެ.

ރާއްޖޭގެ ތާރީހުގައި މާކެޓިންއަށް މިހާތަނަށް އެންމެ ބޮޑު ޓޫރިޒަމް ބަޓެއް ހަމަޖައްސާ ދީފައިވަނީ މި އަހަރު އެވެ. މި އަހަރު ޓޫރިޒަމް މާކެޓިން ބަޖެޓުގެ ގޮތުގައި 10 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ދީފައިވެ އެވެ.