ޑީޖޭއޭ

ޑީޖޭއޭއިން ކުށުގެ ރެކޯޑް ސާފުކޮށްދޭން ފަށައިފި

Nov 21, 2020

ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބަދަލުކޮށްފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓަނީ ޖެނެރަލް ކަނޑައަޅަން ޖެހެއެެވެ. އޭޖީ އޮފީހުން ބުނީ ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވަނީ ކަނޑައަޅާފައެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާ ކަނޑައެޅުމާއެކު އެ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް ޑީޖޭއޭއިން ގާއިމް ކުރަންޖެހެއެވެ.

ޑީޖޭއޭއިން ބުނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.