ދުނިޔެ

ޑޮނަލްޑް ޓްރަމްޕް އާއި މައިކް ޕެންސް ބައްދަލު ކުރައްވައިފި

އެމެރިކާގެ ރައިސް، ޑޮނަލްޑް ޓްރަމްޕް އާއި ނައިބު ރައީސް، މައިކް ޕެންސް ވައިޓް ހައުސްގައި ބައްދަލު ކުރައްވައިފި އެވެ. މިއީ ކެޕިޓަލްގައި ހިންގި ހަމަނުޖެހުންތަކަށް ފަހު މި ދެ ބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ޓްރަމްޕްގެ ސަޕޯޓްރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ތެރޭގައި ހިންގި ހަމަނުޖެހުންތަކަށް ފަހު މި ދެ ބޭފުޅުންގެ ގުޅުން އެހާ ރަނގަޅު ނޫން ކަމަށް ބުނުވުނު ނަމަވެސް، ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުން ހިނގައި ދިޔައީ އުނިކަމެއް ނެތި ކަމަށެވެ. އެއްވެސް ޒާތެެއް ހިތް ނުތަނަވަސް ވުމެއް އަޑު އުފުލުމެއް ނެތި ކަމަށެވެ. އާދައިގެ މަތިން މަޖާ ކުރައްވައި މަޝްވަރާ ކުރެއްވި ކަމަށެވެ.

ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމަށް ފަހު ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖެނުއަރީ 24-11 އަށް، ވޮޝިންގްޓަންގައި ސްޓޭޓް އޮފް އިމާޖެންސީ ހާލަތު އޮންނާނެކަން އިއުލާން ކޮށްފަ އެވެ.

ޓްރަމްޕަށް ވަފާތެރި ސަޕޯޓަރުން ކެޕިޓަލްއަށް ވަދެ ހަމަނުޖެހުން ހިންގިއިރު، ނައިބު ރައީސް މައިކް ޕެންސް ވަޑައިގެން އެތަނުގައި އިންނެވި އެވެ. މައިކް ޕެންސް އެންމެ ފަހު ވަގުތު ވެސް މަސައްކަތް ކުރެއްވި ކަމަށް ވަނީ ޓްރަމްޕް ވިދާޅުވި ގޮތަށް ރިޔާސީ އިންތިހާބުގެ ވޯޓާ މެދު ސުވާލު އުފެއްދެވުމެވެ. އަނެއްކޮޅުން ޓްރަމްޕް މަގާމަށް ކުފޫހަމަވެވަޑައި ނުގަންނަވާ ކަމަށް ނިންމަވައި މާގާމުން ދުރުކުރަން ޑިމޮކްރެޓުން ކުރި މަސައްކަތްތައް ކުރިއަށް ނުގެންދެވުމަށް ޕެންސް ވަނީ އެދިވަޑައިގެންފަ އެވެ.