ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

11 ގައުމެއްގެ މީހުން ޖަޕާނަަށް އެރުން މަނާ، ލިސްޓްގައި ލަންކާ ހިމެނޭ

ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑްގެ ގޮތް ނޭނގޭ އާ ވައްތަރުތައް ޖަޕާނަށް އެތެރެވިއަ ނުދިނުމަށް ބޯޑާ ކޮށްޓްރޯލް ކުރުން ހަރުކަށި ކޮށްފި އެވެ. ޖަޕާންގެ ބޮޑުވަޒީރު، ޔޮޝިހިޑޭ ސުގާ ވިދާޅުވީ މިއީ މިވަގުތު ކުރައްވަން ޖެހިވަޑައިގެންނެވި ކަމެއް ކަމަށާއި އެކަމަކު އެއީ ވަގުތީ ބަންދެއް ކަމަށެވެ.

ޖަޕާނަށް އެތެރެވުން ވަގުތީ ގޮތުން މާނާވި ގައުމުތަކަކީ، ވިއެޓްނާމް، ޗައިނާ، ދެކުނު ކޮރެއާ، ޓައިވާން، ހޮންގް ކޮންގް، މިއަންމާ، ތައިލޭންޑް، ކެމްބޯޑިއާ، ސިންގަޕޫރު، ސްރީ ލަންކާ އަދި މެލޭޝިއާ އެވެ.

"މިއީ ރައްޔިތުންގެ ދިފާއުގައި ކުރި ކަމެއް،" ސުގާ ވިދާޅުވި އެވެ. "ކޮވިޑްގެ އާ ވައްތަރުތައް ގައުމުގައި ފެތުރިގަނެ އޮބިނޯންނަވަރު ވެދާނެ ކަމަށް ބަލައި ވަގުތީ ގޮތުން އެޅިފިޔަވަޅެއް" އޭނާ ވިދާޅުވި އެވެ.

ސުގާ ވިދާޅުވީ ޖަޕާނުގައި އަދި ވެސް ކޮވިޑް ކޮންޓްރޯލް ނުކުރެވޭ ކަމަށާއި މިހާރު ބެލެވެނީ ޔޫކޭ ކޮވިޑް ވެސް ޖަޕާނުގައި އުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ ޔޫކޭ އާއި ބްރެޒިލުން ޖަޕާނަށް އެތެރެވި ދެ މީހެއްގެ ފަރާތުން އަލާމާތްތައް ފެންނަ ކަމަށް އޮފިޝަލުން ވިދާޅުވާ ކަމަށެވެ.

ޖަޕާނަށް އެތެރެވުން މަނާވި ގައުމަތަކަށް އެ އަމުރު އޮންނާނީ އަންނަ ފެބްރުއަރީ ހަތެއްގެ ނިޔަލަށް ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ. އެއީ ޖަޕާނުގައި މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތު ނިމޭ ދުވަސް ވެސް މެ އެވެ.

ޖަޕާނަށް އެތެރެވުން މަނާކުރި ގައުމުތަކުގައި ކޮވިޑްގެ އާވައްތަރު އުޅޭކަން ވަނީ އިއުލާން ކޮށްފަ އެވެ. ޖަޕާނުން މީގެ ކުރިން ބުނީ ބޯޑަރު ބަންދު ކުރާނީ ކޮވިޑްގެ އާ ވައްތަރު އެ ގައުމުން ފެނުމުން ކަމަށެވެ. އެހެން ނަމަވެސް ބޮޑުވަޒީރު ސުގާ ވިދާޅުވީ ދުރާލާ ރައްކާތެރިވެ ވަޑާއިގަތުން މުހިންމު ކަމަށެވެ.