މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގް ބޭނުންކުރާ މީހުންގެ އައްޑާތަކަށް މިސްކިތްތައް!

Jun 12, 2021
2

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި މިސްކިތްތަކުގައި ޑްރަގް ބޭނުންކުރާ މީހުން ނިދާ މައްސަލާގައި ގިނަ ޝަކުވާތަކެއް ލިބެމުންދާތީ އެކަންކަން ހުއްޓުވުން ފުލުހުން ހާއްސަ މަަސައްކަތްތަކެއް ފަށައިފި އެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މިސްކިތްތަކުގައި ޖަމާއަތް ހުއްޓާލާ މިސްކިތްތައް ބަންދުކޮށްފައިވާ ދުވަސްވަރެކެވެ.

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި މިސްކިތްތަކުގައި ޑްރަގް ބޭނުންކުރާ މީހުން ނިދާތީ އެކަމުގެ ޝަކުވާތައް އެތައް ބަޔަކު ދަނީ ކުރަމުންނެވެ. އަދި އެކަން ހުއްޓުވަން ކަމާބެހޭ އިދާރާތަކަށް ދަނީ ގޮވާލަމުންނެވެ.

ފުލުހުން މިއަދު ބުނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި މިސްކިތްތަކުގައި ޑްރަގް ބޭނުންކުރާ މީހުން ނިދުމާއި އެއްޗެހި ދޮވެ ހެދުމާއި މިސްކިތައް ބޭނުންކުރުން އެކަށޭނަ ނޫން އެހެނިހެން ބޭނުންތަކުގައި މިސްކިތްތައް ބޭނުން ކުރާ ކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ.

ފުލުހުން ކޮންމެ ރެއަކުވެސް މިސްކިތްތައް ބަލާ މިސްކިތް އެގޮތަށް ބޭނުން ކުރާ މީހުން ފޮނުވާލާ އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އަދި މިކަމުގެ މައުލޫމާތު ކަމާގުޅޭ އެހެން އިދާރާތަކާއި ހިއްސާކޮށް ހައްލެއް ހޯދުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށްވެސް ވަނީ ބުނެފައެވެ.