ދުނިޔެ

އިޒުރޭލުން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ހަމަލާ ދޭނަން: އީރާން

އީރާންގެ ރިވޮލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިޒުރޭލަށް ދިން ޑްރޯން ހަމަލަތަކަށް ބަދަލުހިފުމުގެ ގޮތުން އިޒުރޭލުން އެންމެ ހަމަލާއެއް އީރާނަށް ދިން ނަމަވެސް -- ދެން ހުރި ހަމަލާތައް ވޭންގަދަވެފައި ދިގުދެމިގެން ދާނެ ކަމަށް އައިއާރުޖީސީ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އައިއާރުޖީސީ އިން މިހެން ބުނި ސަބަބަކީ އީރާނުން ދިން ހަމަލާތަކަށް ބަދަލުހިފާނެ ކަމަށް އިޒުރޭލުން ބުނުމާ ގުޅިގެންނެވެ.

އީރާނުން ބުނީ ހަނގުރާމަފެށީ އިޒުރޭލުން ކަމަށެވެ. ހަނގުރާމަ ހުއްޓުވާނީ އީރާނުން ކަމަށެވެ. އީރާންގެ ޝައުގުވެރިކަން ހުރި ކޮންމެ ތަނަކީ އީރާންގެ ބިމުގައި ނެތަސް، ހިމާޔަތްކުރެވިގެންވާ ތަންތަން ކަމަށާއި އެއިން ކޮންމެ ތަނަކަށް ދޭ ހަމަލާ އަކީ އިރާނަށް ދޭ ހަމަލާތަކެއް ކަމަށެވެ.

އީރާނުން މި މާނަކުރަނީ ސީރިއާގެ ވެރިރަށް ދިމިޝްގައި ހުންނަ އީރާންގެ އެމްބަސީ އިމާރާޓަށް އިޒުރޭލުން ދިން ހަމަލާތަކަށެވެ. އީރާނުން އިޒުރޭލަށް ހަމަލާދޭން ޖެހުނު ސަބަބަކީ ވެސް މިއީ އެވެ.