ޓޫރިޒަމް

ޗައިނާ ފަތުރުވެރިންގެ އަދަދު 81،000 އަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި އޮތް ޗައިނާއިން މިއަހަރުގެ މިހާތަނަށް 81،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 762،125 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 10.7 ޕަސަންޓް -- 81،914 ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 12.6 ޕަސަންޓް އިތުރުވެފަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ: 81،914 ފަތުރުވެރިން
  • ރަޝިއާ: 76،138 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 74،626 ފަތުރުވެރިން
  • އިޓަލީ: 70،174 ފަތުރުވެރިން
  • ޖަރުމަނު: 59،093 ފަތުރުވެރިން
  • އިންޑިއާ: 42،167 ފަތުރުވެރިން
  • ފްރާންސް: 28،912 ފަތުރުވެރިން
  • އެމެރިކާ: 26،726 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް: 19،440 ފަތުރުވެރިން
  • ޕޮލެންޑް: 16،008 ފަތުރުވެރިން

ރާއްޖެއަށް އެވަރެޖްކޮށް ދުވާލަކު 6،404 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ފަތުރުވެރިކަމަށް މި ވަގުތު ރާއްޖޭގައި 1،182 ފެސިލިޓީއެއް ހިންގަމުންދާއިރު މީގެ ތެރޭގައި 176 ރިސޯޓާއި، 844 ގެސްޓްހައުސް އާއި 147 ސަފާރީ އުޅަނދު އަދި 15 ހޮޓާ ހިމެނެ އެވެ.