އިސްލާމިކް މިނިސްޓްރީ

އިތުރު ތަމްރީނު ހޯދުމަށް އިމާމުންގެ ދެވަނަ ބުރުގެ ބޭފުޅުން ސައުދީއަށް ފުރައިފި

އިލްމުވެރިންނާއި އިމާމުންނާއި ޚަތީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން ދެވަނަ ބުރުގެ ބައިވެރިން މިއަދު ފުރައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ދެވަނަ ބުރުގައި 18 ބޭފުޅުން ފުރާފައިވެ އެވެ.

ދެވަނަ ބުރުގައި ފުރާފައިވާ ބޭފުޅުން މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހަށް މައްކާއާއި މަދީނާގައި ކުރިއަށް ގެންދާ އިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން ހާއްސަ ތަންތަނަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އިލްމުވެރިންނާއި އިމާމުންނާއި ޚަތީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން ފުރަތަމަ ބުރުގައި ސައުދީ އަރަބިއްޔާ އަށް ދިޔަ ބޭފުޅުން ދިޔައީ މިދިޔަ ފެބްރުއަރީ ތެރޭގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިލްމުވެރިންނާއި އިމާމުންނާއި ޚަތީބުން ސައުދީ އަރަބިއްޔާގެ އިތުރުން މިސްރު، މެލޭޝިއާ، ބުރޫނާއީ އަދި އިންޑޮނޭޝިޔާ އަށްވެސް ދަތުުރުކުރާނެ ކަމަށެވެ.