ފިނިޕޭޖް

50 އިންޓަވިއު އަށް ފަހު އެ ޓީމުން ބުނަނީ ކީކޭ؟

އަވަސް ވީކެންޑްގެ މި ސެގްމަންޓް ނިމުމަކަށް އައުމުން "ބޮޑު ޝޯއެއްގެ ގޮތުގައި" ކުރަންވީ ކަމަކަށް އަޅުގަނޑުމެން މި ދަނީ މަޝްވަރާކުރަމުންނެވެ. އެ މަޝްވަރާތައް ކުރިއަށްދާއިރު މި އޮތީ އަވަސް ވީކެންޑް އިންޓަވިއު ސިލްސިލާ ކާމިޔާބުކަމާ އެކު ކުރިއަށް ދިއުމުގެ ފަހަތުގައި އޮތް ޓީމެވެ.

މި ވީޑިއޯގައި ފެންނަ ފަރާތްތަކުގެ އިތުރަށް ވެސް އާޓިސްޓުންނާއި އެހެން އެހީތެރިން މި ސެގްމަންޓަށް ބޮޑު އެއްބާރުލުމެއްދީފައިވާކަން އަޅުގަނޑުމެން ފާހަގަކޮށްލަމެވެ. މި އެންމެންގެ އަގުވަޒަންކުރުމަށް ބާއްވާ ހަފުލާއަކަށް ފަހު މި ސިލްސިލާގެ އިންޓަވިއުސް އާއި ފޮޓޯތައް ފޮތެއްގެ ގޮތުގައި ކިޔުންތެރިންނާ ހަމަ އަށް ގެނެސްދިނުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފެށިފަ އެވެ. އަދި މި ސެގްމަންޓްގެ އެގްޒިބިޝަނެއް ވެސް ވަރަށް އަވަހަށް އިންތިޒާމުކުރެވި އާންމުންނާ ހަމަ އަށް އަންނާނެ ވާހަކަ ދަންނަވަމެވެ.

އެހެންވީމަ މި ހުކުރަކު ވަކި ހާއްސަ ގެސްޓަކު ނެތެވެ. އެކަމަކު މިވީހާ ދުވަހު ގެސްޓުން ގެނެސްދިން ޓީމަށް ފަޅުފިލުވައިނުލެވޭނޭ ވީކެންޑެއް އޮންނާނެ ހެނެއް ހީއެއް ނުވެ އެވެ. ތިރީގައި މިއޮތީ ޓީމުގެ ވީޑިއޯ އެވެ.