ދިރާގު

ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި

Apr 30, 2024

ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވައިފި އެވެ.

ހައިބްރިޑް މޮޑެލްއެއްގައި ކުރިއަށް ގެންދިޔަ މި ޖަލްސާގައި ބައިވެރިވުމަށް 125 ހިއްސާދާރުން (136 ހިއްސާދާރުން އަދި 244 ޕްރޮކްސީ ދީފައިވާ ހިއްސާދާރުން) ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މިދިޔަ އަހަރުތަކެކޭވެސް އެއްފަދައިން ރަޖިސްޓްރީކޮށްފައިވާ ހުރިހާ ހިއްސާދާރުންގެ ވޯޓުވެސް ނަގާފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޓެޑުން އެކުލަވާލާފައިވާ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް 'ފަހިވޯޓް' މެދުވެރިކޮށެވެ.

ދިރާގުގެ 71،460،861 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާއެކު މިއަހަރުގެ ޖަލްސާގައި ހުށަހަޅުނު ހަ ރިޒޮލިއުޝަނެއް ވަނީ ހިއްސާދާރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.

އަހަރީ އާންމު ޖަލްސާގައި ފާސްކުރި ހަ ރިސޮލިއުޝަން

  • 2023 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މަލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުމުގެ ރިސޮލިއުޝަން.
  • 2023 ވަނަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުމުގެ ރިސޮލިއުޝަން.
  • ކުންފުނީގެ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޕަބްލިކް ޑިރެކްޓަރު ހޮވުމަށް ގަރާރު ފާސްކުރުމުގެ ރިސޮލިއުޝަން.
  • ނޮން އެގްޒެކެޓިވް ޑިރެކްޓަރުންގެ ފީ ފާސްކުރުމަށް ޤަރާރު ފާސްކުރުމުގެ ރިސޮލިއުޝަން.
  • ކުންފުނީގެ 2024 ވަނަ މާލީ އަހަރުގެ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމަށް ފާސްކުރުމުގެ ރިސޮލިއުޝަން.
  • 2024 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުމުގެ ރިސޮލިއުޝަން.

ދިރާގުގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުހައްމަދު ދީދީ ވަނީ އާންމު ހިއްސާދާރުންގެ އަގުލަބިއްޔަތުން އަލުން އިންތިހާބުވެފަ އެވެ. މީގެ އިތުރުން ދިރާގުން ވަނީ އެ މަގާމަށް ކުރިމަތިލެއްވި އަނެއް ދެ ބޭފުޅުން ކަމަށްވާ ފާތިމަތު ޒުބްނާ އަދުނާނާއި މުއާވިޔަތު އުމަރުގެ އަގުވަޒަންކޮށް އެދެބޭފުޅުންނަށް ޝުކުރު އަދާކޮށްފަ އެވެ.