މައުމޫންގެ އިހްޔާ ޖަލްސާތައް ތިން ރެއަކަށް

މައުމޫން ފައުންޑޭޝަނުން ކޮންމެ ރޯދަ މަހަކު ބާއްވަމުން އަންނަ ދީނީ ނަސޭހަތް ދިނުމުގެ އިހްޔާ ޕްރޮގްރާމް މި އަހަރު ވެސް ބާއްވަން ހަމަޖައްސައފި އެވެ.

އެ ފައުންޑޭޝަނުން ބުނި ގޮތުގައި މައުމޫން ފައުންޑޭޝަންގެ އިހްޔާ ޖަލްސާތައް މިފަހަރު ބާއްވަން ހަމަޖައްސާފައި ވަނީ މޭ މަހުގެ 14 ވަނަ ދުވަހުގެ ރޭގަ އާއި 21 ވަނަ ދުވަހުގެ ރޭގަ އާއި 28 ވަނަ ދުވަހުގެ ރޭގަ އެވެ.

މައުމޫން ފައުންޑޭޝަންގެ އިހްޔާ ޖަލްސާތަކުގައި ފައުންޑޭޝަންގެ ބާނީ، ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން ވާހަކަފުޅު ދައްކަވާނެ އެވެ.

މައުނޫ ފައުންޑޭޝަންގެ ޖަލްސާއެއްގެ ފޮޓޯތައް

ފަހަކަށް އައިސް ދީނީ ވައުޒު ވިދާޅުވެ، ވާހަކަފުޅު ދެއްކެވުމުގެ ބަދަލުގައި އެ މަނިކުފާނު އެ ޕްރޮގްރާމް ކުރިޔަށް ގެންދަވަނީ އިސްލާމް ދީނާއި ސައިންސާ ގުޅުވާލައި ޕްރެޒެންޓޭޝަންތައްްވެސް ހިމަނައިގެން ދެއްވާ އިލްމީ ލެޗްކާއެއްގެ ގޮތަށެވެ. އަދި އެ މަނިކުފާނު ވާހަކަފުޅު ބިނާ ކުރައްވާނެ މައުލޫ ކުރިން އާންމު ކުރައްވަ އެވެ.

ދީނާއި ސައިންސް ހިމަނައިގެން ރައީސް މައުމޫން ދެއްވާ ދީނީ ޕްރެޒެންޓޭޝަނަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ސަމާލުކަން ދެއެވެ.