އިސްލާމިކް މިނިސްޓްރީ

ސައުދީން ހަދިޔާކުރި ކަދުރު ރޯދައިގެ ކުރިން ބަހަނީ

މިސްކިތުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އަވަސް
0%
0%
0%

ސައުދީ އަރަބިއްޔާ އިން ރޯދަ މަހަށް އަބަދުވެސް ފޮނުވާ ކަދުރު މިހާރު ލިބިފައިވާތީ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ކަދުރު ބެހުމަށް ނިންމައިފި އެވެ.

ކުރިއަށް އޮތް ރޯދަ މަހަށް ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކުރީ 50 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އިން ހަދިޔާކުރި ކަދުރު ރާއްޖެއަށް ލިބިފައިވާތީ ރޯދައިގެ ކުރިން މާލެ އާއި ރަށްރަށަށް ކަދުރު ބެހުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްތާރު ޕްރޮގްރާމް ހިންގަމުންދާ ޖަމިއްޔާތަކަށްވެސް ކަދުރުން ބައެއް ލިބޭނެ ކަމަށެވެ.

ކަދުރު އާންމުކޮށް ބަހަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓްގެ ރޭޓުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910