އިސްލާމިކް މިނިސްޓްރީ

ސައުދީ ކަދުރު ލިބޭނެ ފަރާތްތައް ކަނޑައަޅައިފި

ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް މި އަހަރު ހަދިޔާ ކުރި ކަދުރު ދޭނެ ފަރާތްތައް ކަނޑައަޅައިިފި އެވެ.

އެހެން އަހަރުތަކާ ހިލާފަށް ސައުދީން މި އަހަރު ދީފައި ވަނީ 25 ޓަނުގެ ކަދުރެވެ. އެއީ 12،500 ޕަކެޓެވެ. މީގެ ކުރީން 50 ޓަނުގެ ކަދުރު ދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ކަދުރު ބަހާނީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ 10،944 މީހުންގެ ތެރެއިން ކޮންމެ މީހަކަަށް ޕަކެޓެއް އަދި ކުޑަކުދިން ހިޔާ އާއި ފިޔަވަތީގައި ތިބި ކުދިންނާއި ގުރަައިދޫ މަރުކަޒުގައި ތިބި މީހުނާއި ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބި މީހުނަށް ކަމަަށެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ފަގީރުންނަށް ކަދުުރު ބަހާނީ އިސްލާމިކް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގަ އެވެ. ރަށްރަށާއި ސިޓީތަކުގައި އެ ރަށެއް އަދި ސިޓީ ކައުންސިލުންނެވެ.

މިނިސްޓްރީން ބުނީ ރަށްރަށަށް ކަދުރު ގެންދިއުމަަށް ހިނގާ ހަރަދު ކުރަން ޖެހޭނީ ކައުންސިލުން ކަމަަށެވެ. ކަދުރު ބެހުމާއި ލިބޭ މީހުންގެ މައްސަލައަކީ ފަހަކަށް އައިސް ބޮޑުވެފައި އޮންނަ މައްސަލައެކެވެ.