ކ. ގުރައިދޫގައި ޝައްކު އުފެދޭ ގޮތަކަށް ތުއްތު ކުއްޖަކު މަރުވުމާ ގުޅިގެން އެ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި އެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި މަރުވީ އެންމެ ހަތަރު މަހުގެ ކުއްޖެކެވެ.
ކުއްޖާ މަރުވެފައި އޮތް އިރު ނޭފަތުން ލޭ އައިސްފައި ހުރި ކަމަށްވެ އެވެ.
މި ކުއްޖާގެ ހަށިގަނޑު މާލެ ގެނެސް މިހާރު އޮތީ ގަލޮޅު މޯޗަރީގައި ބާއްވާފަ އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
މިމައްސަލައިގެ ތަހުގީގު ހިނގަމުންދާތީ އަދި އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.