މޯލްޑިވްސް ޕޮލިސް ސާވިސް

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހޯދަނީ

Oct 6, 2022

ޑޮލަރު ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމުގެ ތުހުމަތުގައި ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި ހޯދަން އިއުލާންކޮށްފައިވަނީ ކ. ގުރައިދޫ، ވިނަރެސް، އިހްސާން އަބްދުއްސަމަދު (29 އ) އެވެ.

ފުލުހުން ބުނީ އިހްސާނަށް ތުހުމަކުރާ މައްސަލަ ތަހުގީގު ކުރަނީ ހދ. ކުޅުދުއްފުށި ސިޓީ ޕޮލިސް އިން ކަމަށެވެ.

އިހްސާސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށާއި އަދި އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އިހްސާން އަށް އަންގާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އެވެ. ހާޒިރުވާން އަންގާފައިވަނީ ފުލުހުންގެ މައި މަރުކަޒު -- ޝަހީދު ހުސައިން އާދަމް ބިލްޑިން ނުވަތަ އޭނާއާ އެންމެ ގާތުވާ ޕޮލިސް ސްޓޭޝަނަކަށެވެ.

ފުލުހުން ވަނީ އިހްސާންއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތެއް ލިބިފައިނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފަ އެވެ.