މަރު

ގުރައިދޫން ކުނިވެފައި އޮތް މީހަކު ފެނިއްޖެ

Jun 25, 2022
1

ކ. ގުރައިދޫން ކުނިވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ ފަތުރުވެރިއެކެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި އެއީ އުމުރުން 57 އަހަރުގެ އިނގިރޭސި އެކެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ ގުރައިދޫގައި ހުންނަ ގެސްްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިންނެވެ. ފުލުހުން ބުނި ގޮތުން ކޮޓަރީން ނުބައި ވަސް ދުވާތީ ފުލުހުންނަށް ރިޕޯޓް ކުރީ ގެސްޓް ހައުސް އިންނެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން ކޮޓަރި ހުޅުވާ ބެލިއިރު އެ މީހާ މަރުވެ ވަނީ ކުނިވާން ފަށާފައެވެ.

މައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ބުންޏެވެ.