ކޯސްޓް ގާޑް

ނާހިދާގެ ހަށިގަނޑު މާލެއަށް، ދަރިފުުޅު ނުފެނޭ

ލޯންޗު ބަންޑުން ޖަހައިލި ސަރަހައްދު
25%
12.5%
62.5%

ގަދައިގައި މާލެއިން ފުރައި އިއްޔެ ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ބަންޑުން ޖެހި ލޯންޗުން ކަނޑަށް ގެއްލުނު ކުޑަ ކުއްޖާގެ އަދިވެސް ނުފެންނަ ކަމަށް ދިވެހި ކޯސްޓްގާޑުން ބުންފި އެވެ.

ލޯންޗް ބަންޑު ޖަހާލި ހާދިސާގައި އެކަކު މަރުވެފައި ވެއެވެ. އެއީ ގެއްލުނު ކުޑަ ކުއްޖާގެ މަންމަ، މ. ގްރީން ޕީކު، މަރިޔަމް ނާހިދާ އެވެ.

އިއްޔެ ހަވީރު 5:00 ޖަހާ އެހާކަންހާއިރު އައި ކޮޅިގަނޑެއްގެ ތެރޭ ރާުޅުގައި ޖެހި ލޯންޗު ބަންޑުން ޖެހީ ކ. އޮޅުވެލި ރިސޯޓުގެ އިރުދެކުނު ބޭރަށެވެ.

ހާދިސާއަށް ފަހު ކުޑަކުއްޖާ އިއްޔެއިން ފެށިގެން ދަނީ ހޯދަމުންނެވެ. ކޯސްޓްގާޑުން މިއަދު ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 10 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ބުނީ އެ ކުއްޖާގެ އެއްވެސް ހަބަރެއް ވޭތޯ ބަލައިދޭން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރާއި އެ ހިސާބުގެ ރަށްރަށުގައި ވެސް އެދިފައި ވާނެ ކަމަށެވެ.

ކުއްޖާ ފެނޭތޯ ބަލަމުން އަންނައިރު އެ ސަރަހައްދަށް ވަރަށް ކަނޑު ގަދަ ކަމަށް ވެސް ކޯސްޓްގާޑުން ވަނީ ބުނެފަ އެވެ.

ނާހިދާގެ ހަށިގަނޑު މާލެ ގެންނަނީ -- ފޮޓޯ: އެމްއެންޑީއެފް

މާލޭން ފުލިދޫއަށް 12 މީހުނާއެކު އިއްޔެ ދަތުރު ކުރީ "ޑްރީމް ސްޕީޑް 2" އެކެވެ. އެ ލޯންޗު ބަންޑުން ޖެހީ އޮޅުވެލި ކައިރިން ނެގި ރާޅެއްގައި ޖެހިގެނެވެ. އެ ހާދިސާގައި ތިން މީހުން ކަނޑަށް ވެއްޓުނެވެ. އެއީ ލޯންޗުގެ އެންމެ ފަހަތުގައި ތިބި ނާހިދާ އާއި އޭނާގެ ދެ ކުދިންނެވެ. އޭގެެ ތެރެއިން އެއް ކުއްޖަކު ސަލާމަތްވި އެވެ. ކަނޑުން ނެގުނު ނަމަވެސް ނާހިދާ މަރުވީ އެވެ. ގެއްލުނީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅެވެ.

ލޯންޗު ބަންޑުން ޖެހި ހާދިސާއަށް ފަހު ސަލާމަތްވި އެންމެން ރޭ ގެންދިޔައީ ކ. ގުރައިދޫ އަށެވެ. އެ ހާދިސާގައި މަރުވި ނާހިދާގެ ހަށިގަނޑު މިއަދު ހެނދުނު ވަނީ މާލެ ގެނެސްފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސީން

ބަންޑުންޖަހާލި ނަމަ އެންމެން ކަނޑުވާނެދޯ ލާންޗު އަރިއަޅާލައިގެން ގޮސް ވެއްޓުނީ

އިސްތިއުފާ

މިސަރުކާރު މިވަނީ ރައްޔިތުންނަށް ރައްކާތެރި ކަން ދިނުމުގައި ފެއިލް ވެފައޭ ސަރުކާރު މުޅި ކެބިނެޓް ހިމެނޭނެ އުސޫލުން އިސްތިއުފާ ދޭންވީއޭ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345