ހަބަރު

ގުރައިދޫއަށް ދަތުރު ދިޔަ ޒުވާނަކު ގެނބިގެން މަރުވެއްޖެ

ކ. އަތޮޅު ގުރައިދޫއަށް ދަތުރު ދިޔަ ޒުވާނަކު މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން މަރުވެއްޖެ އެވެ.

ގުރައިދޫ ކައުންސިލް މެންބަރު ހަސަން ޔާމީން މުހައްމަދު "އަވަސް"އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު 4:00 ހާއިރު ކަމަށާއި އެ ރަށަށް ދަތުރު އައި ބައެއް މޫދަ އެރި އުޅުމުގެ ތެރޭގައި އެކަކު ގެނބިގެން މަރުވި ކަމަށެވެ.

"އެ މީހުން ވޯޓާ ސްޕޯޓްގަ އުޅެމުން ކެނޯއެއްގައި ދުއްވާފައި ދަނިކޮށް އެ ބަންޑުން ޖަހާލީ، ދެން އެތަނުން އެކަކީ ފިޓު ޖެހޭ މީހެއ ކަމަށް ވަނީ، އޭނަ ގެނބިގެން މަރުވީ،" ޔާމީން ވިދާޅުވި އެވެ.

އޭނާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެންގޮސްފަ އެވެ. އަދި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.