މޯލްޑިވްސް ޕޮލިސް ސާވިސް

225 ދަޅު ބިޔަރު ނައްތާލައިފި

Jan 16, 2022

ކ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 225 ބިޔަރު ދަޅުތަކެއް ނައްތާލައިފި އެވެ.

އެ ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ކ. ގުރައިދޫގައި ކަމަށެވެ.

ބިޔަރު ތަޅުތަކުގެ އިތުރުން ތުލުސްދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 24 ފުޅި ބަނގުރާ ވެސް ވަނީ ނައްތާލާފަ އެވެ.

ފުލުހުން ނައްތާލި ބިޔަރު ދަޅުތަކަކީ މާފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި 48 ދަޅާއި ގުރައިދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި 177 ދަޅު ކަމަށް ފުލުހުން ބުނެ އެވެ.

އެ ތަކެއްޗަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރާއި މި މަހުގެ އެއްވަނަ ދުވަހު ކ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ ތަކެތި ކަމަށެވެ.