މޯލްޑިވްސް ޕޮލިސް ސާވިސް

ގުރައިދޫން 177 ބިޔަރު ދަޅު އަތުލައިގެންފި

ކ. ގުރައިދޫއިން 177 ބިޔަރު ދަޅު ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްްކަތްތަކުގެ ތެރެއިން، ކ. ގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގައި ބިޔަރު ދަޅުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ ކަމަށެވެ

އެ ދަޅުތައް ހޯދާފައިވަނީ ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 28 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނެއްގަ އެވެ. އެގޮތުން އެ ރަށުގެ ހުސްބިމެއް ބަލައި ފާސްކޮށް ގޯނިތަކެއްގައި ފޮރުވާފައި ހުރި 177 ބިޔަރު ދަޅު ހޯދާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ ރޭ ގައި ވެސް މާލޭގެ ނީލަން ފިހާރަ ސަރަހައްދުން ތިން ކިލޯގެ ހޭޝް އޮއިލް އަތުލައިގެންފަ އެވެ. އެ ތަކެތި ހޯދައި ބިދޭސީއަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ އޮޕަރެޝަންތައް މިހާރު ވަނީ ވަރުގަދަކޮށްފަ އެވެ. މި މަހުގެ ކުރީ ކޮޅު ފުލުހުން ވަނީ 119 ކިލޯގެ މަސްތުވާތަކެތި ވެސް މާލޭ ސަރަހައްދުން އަތުލައިގެންފަ އެވެ.