ހަބަރު

ޑްރަގް މައްސަލަތަކެއްގައި ނުވަ މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް މަސްތުވާތަކެތި --
0%
0%
0%

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި އަތޮޅުތަކުގެ ތެރެއިން ނުވަ މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ އެންމެނަކީ ވެސް ދިވެހިންނެވެ.

ހައްޔަރު ކުރި މީހުންނާއި ތަފްސީލު

  • ށ. ފުނަދޫ ރަށުތެރެއިން: 23 އަހަރުގެ ދެމީހުނާއި 34 އަހަރުގެ މީހެއްގެ އަތުން ޑްރަގް ހުރި ކަމަށް ބެލެވޭ ސެލޯފިންކޮޅެއް
  • ތ. ގުރައިދޫ ބަނދަރުމަތިން: 25 އަހަރުގެ މީހެއްގެ އަތުން ޑްރަގް ހުރި ކަމަށް ބެލެވޭ ހަތަރު ކަރުދާސްކޮޅު
  • އދ. މާމިގިލި ގެއަކުން: 26 އަހަރުގެ މީހެއްގެ އަތުން ޑްރަގް ހުރި ކަމަށް ބެލެވޭ ހޮޅިކޮޅަކާއި ކަރުދާސްކޮޅެއް
  • ށ. މާއުނގޫދޫ ތިން ގެއިން: 22 އަހަރާއި 23 އަދި 24 އަހަރުގެ މީހުން އަތުން ޑްރަގް ކަމަށް ބެލެވޭ 91 ޕެކެޓު
  • ށ. ފޭދޫ ބަނދަރުމަތިން: 49 އަހަރުގެ މީހެއް އަތުން ޑްރަގް ކަމަށް ބެލެވޭ 10 ޕެކެޓު

ފުލުހުންގެ އިންޓެލިޖެންސް އިން ކުރިއަށްގެންދިޔަ މި ތަހުގީގުތައް މިހާރު ދަނީ ބަލަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345