އެތައް އަހަރެއް ވަންދެން ފައިސާ އެއްކުރުމަށް ފަހު ހައްޖު ނުވަތަ އުމްރާގެ އަޅުކަން އަދާކޮށްލަން މައްކާގެ މާތް ބިމަށް ދެވޭ ގޮތް ވުމަކީ ކޮންމެ މުސްލިމެއްގެ ހަޔާތުގައި ވެސް އަންނާނެ އެންމެ އުފާވެރި އެއް ވަގުތުކޮޅެވެ.
ހައްޖު އުމްރާގެ ކުންފުންޏަކަށް ފައިސާ ދައްކައިގެން އެ މާތް އަޅުކަން އަދާކުރުމަށް ދަތުރު ހަދައިގެން ދިޔަ ނަމަވެސް މިކަމުގައި އަހަރެމެންގެ އަމިއްލަ ޒިންމާތަކެއް ވެސް ހިމެނެއެވެ.
ހާއްސަކޮށް ދަތުރަށް ތައްޔާރުވުމުގެ ބައެއް އިންތިޒާމުތަކެވެ. އެގޮތުން ދަތުރުމަތީގައި ދިމާވެދާނެ ބައެއް ކަހަލަ ނުރައްކާތެރި ކަންކަމަށް ސަލާމަތްތެރިކަމުގެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ އެދެވިގެންވާ ކަމެކެވެ. ސިއްހީ ގޮތުންނާއި، ދަތުރަށް ގެންދާ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަހަރެމެންގެ އަމިއްލަ ޒިންމާއެކެވެ.
އަޔާދީ ތަކާފުލްގެ ހައްޖު އުމްރާ ތަކާފުލް ޕްލޭނެއް ހޯދުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅޭނެ އެންމެ ފަސޭހަ އަދި ނުހަނު ފައިދާ ބޮޑު ފިޔަވަޅެކެވެ. ހައްޖު ނުވަތަ އުމްރާގެ ދަތުރުގައި ދިމާވެދާނެ ސިއްހީ އަދި މާލީ ގެއްލުމުން މި ޕްލޭނުން ރައްކާތެރިކަން ފޯރުކޮށްދޭނެއެވެ.
މިސާލަކަށް ބައިނަލްއަގުވާމީ ދަތުރުފަތުރު ކުރާ އިރު އަތުން ގެންދާ އެންމެ މުހިންމު ލިޔުން ކަމުގައިވާ ޕާސްޕޯޓު ގެއްލިއްޖެ ހާލަތެއްގައި މި ޕްލޭނުން އެކަމަށް ބަދަލު ލިބޭނެއެވެ. ދަތުރުގެ ފޮށިތަންމަތި ގެއްލިއްޖެ ނަމަ ނުވަތަ އައުން ލަސްވެއްޖެ ނަމަ އެކަމުން ލިބޭ ގެއްލުމަށް ބަދަލު ލިބެއެވެ. އަދި ހިފައިގެން ގެންދާ ފައިސާ ނުވަތަ އެހެނިހެން އަގުހުރި މުދާތައް ގެއްލިއްޖެ ނަމަ އެކަމަށް ވެސް މި ޕްލޭނުން ބަދަލު ލިބެއެވެ.
މީގެ އިތުރުން ސިއްހީ ހާލަތެއް މެދުވެރިވެއްޖެ ނަމަ 100,000 ރުފިޔާއާ ހަމައަށް ކަވަރޭޖު ލިބޭ އިރު، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދަންޖެހޭ ހާލަތެއް ދިމާވެއްޖެ ނަމަ ދުވާލަކަށް 150 ރުފިޔާގެ މަގުން 10 ދުވަހުގެ ހޮސްޕިޓަލު ބެނެފިޓް ލިބޭނެއެވެ. އަދި ދިމާވާ ހާދިސާއަކުން ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ނިޔާވެއްޖެ ނަމަ އެކަމަށް ވެސް މާލީ ބަދަލު މި ޕްލޭނުން ލިބިގެން ދާނެއެވެ.
އަޔާދީގެ ހައްޖު އުމްރާ ތަކާފުލްގެ ކަވަރޭޖު މުއްދަތަކީ 2 މަސް ދުވަހެވެ. އަދި ޕްލޭނުގެ އަގަކީ ޢުމްރާއަށް އެންމެ 550 ރުފިޔާއެވެ. އަދި ޙައްޖަށް އެންމެ 750 ރުފިޔާއެވެ. ބޭނުންފުޅުވާ ނަމަ އިތުރު 250 ރުފިޔާ ދައްކަވާލައްވައިގެން ކަވަރޭޖަށް ކޮވިޑް-19 އިތުރުކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
އޮންލައިނުކޮށް ބައްލަވައިގަނެވޭ މި ޕްލޭނުގެ އިތުރު މައުލޫމާތާއި، ޕްލޭން ބައްލަވައިގަތުމުގެ ކަންކަން އެލައިޑް އިންޝުއަރަންސްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ކުރިޔަށް ގެންދެވޭނެއެވެ.
އެލައިޑާއި އަޔާދީގެ ފަރާތުން ތިޔަ ބޭފުޅުންނަށް އެދެނީ ނިޔާމަ ހައްޖާއި އުމްރާ ދަތުރަކަށެވެ.