އެލައިޑް އިންޝުއަރެންސް

ޓިކްޓޮކެއް ކުޅެގެން 3000 ރުފިޔާ ހޯދުމުގެ ފުރުސަތު ހަމަވަނީ

އެލައިޑް އިންޝުއަރަންސުން ކުރިއަށް ގެންދާ ޓިކްޓޮކް ކޮންޓެސްޓަކީ ޓިކްޓޮކް ހެދުމަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ހާއްސަ، ކޭޝް ޕަރައިޒެއް ހިމެނޭ ކޮންޓެސްޓެކެވެ.

#އިންޝުއަލައިފްވިތްއެލައިޑް ހޭޝްޓެގާއި މެދު ދެކޭގޮތް ނުވަތަ އިންޝުއަރެންސް ސިފަވާ ގޮތް މާނަކޮށް، ތަޖުރިބާގެ އަލީގައި ނުވަތަ ކްރިއޭޓިވް ހިޔާލެއްގެ މައްޗައް ބިނާކޮށް ހަދާ ވީޑިއޯއެއް ޕޯސްޓް ކުރުމުން، ނަސީބުވެރި 3 މީހަކަށް 3،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފުރުސަތުގެ އެންމެ ފަހު ސުންގަޑިއަކީ ހިނގަމުން މިދާ މެއި 25 ވަނަ ދުވަހެވެ.

މިފަދަ ކޮންޓެސްޓްތަކުގެ ބޭނުމަކީ އިންޝުއަރެންސާއި ބެހޭ އަގުހުރި މައުލޫމާތު ޝައުގުވެރި ގޮތްތަކަށް އާންމުންނާއި ހަމައަށް ފޯރުކޮށްދީ، އިންޝުއަރެންސްގެ ރައްކާތެރިކަން ހޯދުމަށް ހިތްވަރު ދިނުންކަމުގައި އެލައިޑުން ބުނެ އެވެ. އެގޮތުން ޓިކްޓޮކް ހެދުމަށް ބޭނުންވާ މައުލޫމާތު އެލައިޑްގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން 1600އަށް ގުޅައިގެން ހޯދުމަށްވެސް އެލައިޑުން އިލްތިމާސްކުރެ އެވެ.