އެލައިޑް އިންޝުއަރެންސް

އެލައިޑް މަދަހަ މުބާރާތުގެ އިނާމު ހަވާލުކޮށް އާ ޕްރޮމޯޝަނެއް ލޯންޗުކޮށްފި

ކުޑަ ކުދިންނަށް ހާއްސަކޮށްގެން އެލައިޑުން ފޭސްބުކްގައި ކުރިއަށް ގެންދިޔަ މަދަހަ މުބާރާތުގެ އެއްވަނަ ހޯދި ހަދީޖާ އަޒްކާ ބިންތް އާދަމްއަށް މުބާރާތުގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ ޓެންތް ޖެނެރޭޝަން އައިޕެޑް ހަވާލުކޮށްފި އެވެ.

އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައި އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިނާމު ހަވާލުކޮށްދެއްވީ އެލައިޑްގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝާބިގު އެވެ. އަޒްކާގެ ފަރާތުން އިނާމާ ހަވާލުވީ އޭނާގެ ބައްޕަ އާދަމް ނަސީމް އެވެ.

މިއަހަރުގެ ފެބްރުއަރީ 25 އިން 9 އޭޕްރީލް އަށް ކުރިއަށް ގެންދިޔަ މިމުބާރާތުގައި ގިނަ އަދަދެއްގެ ކުދިންގެ ބައިވެރިވުން ލިބުމާ އެކު އެކަން ފާހަގަކޮށް އެލައިޑުން ވަނީ އާންމުންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރުވެސް އަދާކޮށްފަ އެވެ.

މީގެ އިތުރުން އެލައިޑުން ވަނީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އާ ޕްރޮމޯޝަނެއްވެސް ލޯންޗުކޮށްފަ އެވެ. އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީއިން ފޯރުކޮށްދޭ ޗައިލްޑް އެޑިޔުކޭޝަން ތަކާފުލްއަށް ހާއްސަ މިޕްރޮމޯޝަންގެ ތެރެއިން ޕްލޭން ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސަންޓް ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވެ އެވެ.

ޗައިލްޑް އެޑިޔުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑް ގާއިމުކުރުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެއް ކަމުގައި އަޔާދީ އިން ފާހަގަކުރެ އެވެ. އެގޮތުން މިމަހުގެ 10 އިން އިން ކުރިއަށް އޮތް ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުމަށް އެލައިޑުން އެދިފައިވެ އެވެ.