ސައުދީ އަަރަބިއްޔާ

ސައުދީން ހަދިޔާކުރި އިފްތާރު ޕެކޭޖްތައް ބަހަން ފަށައިފި

Apr 20, 2021
1

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ އިފްތާރު ޕެކޭޖްތައް ބަހަން ފަށައިފި އެވެ. ދީފައިވާ އިފްތާރު ޕެކޭޖްތަކާއި ރާއްޖޭން ހަވާލުވީ އިސްލާމިކް މިނިސްޓަރެވެ.

ރާއްޖޭގައ ތިބި ފަގީރުންނަށް ރޯދަ މަހު ހަދިޔާ ކުރަން ސައުދީ ސަރުކާރުން ދީފައި ވަނީ 290 އިފްތާރު ޕެކޭޖެވެ. އެ ޕެކޭޖްތައް ބެހުމުގެ މަސައްކަތް ފަށާފައި ވާއިރު ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ނިސްބަތަށް ވުރެ އިފްތާރު ޕެކޭޖްތައް މަދެވެ. އެހެންވެ އިފްތާރު ޕެކޭޖްތައް ބެހުމުގައި ބަލަނީ މީހުން މަދުން ތިބި އާއިލާތަކަށެވެ. އެގޮތުން ހަތަރު މީހުނާއި ފަސް މީހުންގެ އާއިލާތަކަށް ޕެކޭޖްތައް ބަހަން ވަނީ ނިންމާފަ އެވެ.

މިހަފްތާގެ ނިޔަލަށް ހުރިހާ އިފްތާރް ޕެކޭޖްތައް ބަހާ ނިންމާނެ އެވެ. ބަހަނީ އެކި ޖަމިއްޔާތައް މެދުވެރިކޮށެވެ. މި އަހަރު ސައުދީން އިފްތާރު ޕެކެޖްތަކެއް ހަދިޔާ ކުރި އިރު 25 ޓަނުގެ ކަދުރުވެސް ހަދިޔާ ކުރި އެވެ.