ސައުދީ އަަރަބިއްޔާ

ސައުދީން ކަދުރު ހަދިޔާ ކޮށްފި

Mar 29, 2021
1

ރޯދަ މަހާއި ދިމާކޮށް މިއަހަރު ވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކޮށްފި އެވެ.

ސައުދީން މި އަހަރު ހަދިޔާ ކޮށްފައި ވަނީ 25 ޓަނުގެ ކަދުރެވެ. ރާއްޖޭގެ ކަދުރާ ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

ކަދުރު ހަވާލު ކޮށްފައި ވަނީ އިއްޔެ އެކަމަށް ރާއްޖޭގެ ސައުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.