ބަނދަރު ހުސްވިއިރު ލޮނުގަނޑު ކަޅުކޮށް!

އޮޑިދޯނި ފަހަރު ގިނަ ކަމުން ގޮސް މާލޭގެ ކަނޑިންމަ އާއި މާރުކޭޓާ ދިމާލުގެ މޫދުގެ ލޮނުގަނޑު ހާމައަށް ފެންނާނީ ވަރަށް މަދު ފަހަރެއްގަ އެވެ. އާއްމުކޮށް މިކަހަލަ ވަގުތުޅެއް ފެންނާނީ ވެސް ލައްވާލާނީ ވެސް އީދު ބަންދާއި މުލަ ރޯދައަށް ނާލު ބޯޓު ފަހަރާއި ދޯނިފަހަރު މީހުނާއި މުދާ ބަރުކޮށްގެން ރަށަށް ފުރުމުންނެވެ. އެ ވަގުތުކޮޅު މިހާރު އޮތީ އައިސްފަ އެވެ. ބަނދަރުގެ ބޮޑު ބައި މިހާރު އޮތީ ހުހަށެވެ.

ބަނދަރު ހުސްވެ ހާއަޅާފައި އޮތުމުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މިހާރު އެ ސަރަހައްދުފެ ލޮނުގަނޑު ފެންނަނީ ކަޅުކުލައިގަ އެވެ. މޫދުގައި އޮންނަނީ ތެޔޮފާންލާފައެވެ. ވަށައިގެން އޮއި ކުންޏެވެ.

ލޯކަލް މާރުކޭޓާއި މަސް މާރުކޭޓާ ދިމާލުގެ ލޮނުގަނޑު ކަޅުވުމުގައި ގިނަ ސަބަބުތަކެއްވެ އެވެ. އެއް ސަބަބަކީ މި ސަރަހައްދުގެ ބަނދަރުން ލޮނުގަނޑު ދައުރުވުން ކުޑަ ވުމެވެ. ބަނދަރަށް ލޮނުގަނޑު ވަދެ ނުކުންނަން އޮންނަ ޖާގަ ވަރަށް ކުޑަ އެވެ. އެހެންވުމުގެ ސަބަބުން މަސް މާރުކޭޓުން މަސް ކަނޑާފައި ބޭރުކުރާ ލޭތަކާއި އޮޑި ދޯނި ފަހަރުން ބޭރުވާ ޑީސަލް އެކުވެ، ލޮނުގަނޑު އޮންނަނީ އަބަދު ވެސް ތަޣައްޔަރުވެފަ އެވެ. އެހެންވެ ދޯނިތައް ހުސެވުމުން އެ ސަރަހައްދު ފެންނަނީ ކަޅު ކުލައިގަ އެވެ. އަދި މޫދުގައި ވެސް ތެޔޮފާންލާފައި އޮއްވަ އެވެ.

އެ ސަރަހައްދުގެ ލޮނުގަނޑުގެ ކުލަ ބަދަލުވާއިރު ދޯނި ފަހަރުން ބަނދަރު ތެރެއަށް ކުނި އެޅުން ވެސް އެއީ އޭގެ ސަބަބެވެ. މާލެ ވަށައިގެންވާ ބަނދަރު ސަރަހައްދު ސާފު ކުރި ނަމަވެސް ވަރަށް މަދު ފަހަރެއްގައި ނޫނީ މި ސަރަހައްދުގެ މޫދު ސާފެއް ނުކުރެ އެވެ.

އެހެންވެ މި ސަރަހައްދަކީ އެއް އިރެއްގައިވެސް މާ ބޮޑަށް އަޅައިލެވޭ ތަނެއް ނޫނެވެ. އަބަދު ވެސް އޮންނީ ހަޑިކެވެ. އެ ހަޑިކަން ފެންނާން ނޯންނަނީ ނާލު ބޯޓްފަހަރު ވަދެ ފަޅުތެރޭ ފުރާލާފައި އޮންނާތީ އެވެ.

މާލޭ އުތުރު ފަރާތުގެ ބަނދަރުގެ ހަގީގީ ކުލަ މި އޮތީ ފެންނާށެވެ. އެ އޮތީ ކަޅު ކުލައިގަ އެވެ. މި ސަރަހައްދު ސާފު ނުކުރަނީ ހެއްޔެވެ؟