ޓޫރިޒަމް

ކުއެސްޓް ރާއްޖޭ ޕްރޮގްރާމް މީޑިއާނެޓުން

Apr 23, 2021

ސީއެންއެންގެ ރިޗަޑް ކްއެސްޓް ޓްރެވަލް ޝޯ "ކުއެސްޓް ވޯލްޑް އޮފް ވޮންޑާ- މޯލްޑިވްސް" މީޑިއާނެޓް 110 އިން މާދަމާ ފެންނާނެ އެވެ.

މީޑިއާނެޓުގައި ސީއެންއެން އަށް ހާއްސަ ކޮށްފައިވާ ޗެނަލް 110 އިން މި ޝޯ ދައްކާނީ މާދަމާ ދުވަހުގެ ހެނދުނު 10:30 ގަ އެވެ. މީގެ އިތުރުން މި ޝޯގެ ރިޕީޓް ވެސް މި ޗެނަލުން ދައްކާނެ އެވެ.

ރިޗަޑް ކުއެސްޓް މި ޝޯވް ނަގަން ރާއްޖޭގައި ހޭދަ ކުރި މުއްދަތުގައި ރާއްޖޭގެ ބައެއް ފަރާތްތަކާ ބައްދަލު ވެސް ކޮށްފައި ވެއެވެ. އޭނާ ބައްދަލު ކުރި ފަރާތްތަކުގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ވެސް ހިމެނެ އެވެ.

ރާއްޖޭގެ ޝޯގެ ޓްރެއިލާ

ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ޓޫރިޒަމްގެ ހާއްސަ ސިފަތައް ފެނިގެންދާ މި ޕްރޮގްރާމުގެ ބައިތަކެއް ރީތި ބީޗް ރިސޯޓުގައި ވެސް ނަގާފައިވެ އެވެ. މި ޝޯވްގައި ރާއްޖޭގެ ފުރަތަމަ ޕަޑީ ކޯސް ޑިރެކްޓަރު ކަމަށްވާ ހުސެއިން ރަޝީދު (ސެންޑީ) ވެސް ބައިވެރިވެފައި ވެއެވެ.