އެމްޑަބްލިއުއެސްސީ އިން ގާއިމުކުރާ ކިނޮޅަހު ފެނާއި ނަރުދަމާ

ރ. ދުވާފަރު، 17 ޖެނުއަރީ 2022 -- ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް: ރ. ކިނޮޅަހުގައި އެމްޑަބްލިޔުއެސްސީ އިން ގާއިމުކުރާ ފެނާއި ނަރުދަމާ ނިޒާމުގެ 98 ޕަސަންޓް މަސައްކަތް މިހާރު ވަނީ ނިންމާފަ އެވެ. މި މަޝްރޫއުގެ ދަށުން ހަ ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި ހަތް ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި ފެން އުފެއްދުމަށް ބަހައްޓާ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓު ބެހެއްޓުމުގެ މަސައްކަތް އެއްކޮށް ވަނީ ނިންމާފަ އެވެ.
ހަ ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައި
ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތް ނިމިފަ
ސީ އައުޓްފޯލް ހޮޅި ވަޅުލުމުގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައި
ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތް އެއްކޮށް ވަނީ ނިމިފަ
ހަތް ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތް އެއްކޮށް ވަނީ ނިމިފަ
ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ މަސައްކަތް އެއްކޮށް ވަނީ ނިމިފަ
ބޯހޯލު ތޮރުފުމުގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައި
ފެން އުފެއްދުމަށް ބަހައްޓާ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އެއްކޮށް ވަނީ މަސައްކަތް ނިމިފައި
ފެން ފޯރުކޮށްދިނުމަށްޓަކައި ޑިސްޓްރިބިޔުޝަން ޕަމްޕް ބެހެއްޓުމުގެ އެއްކޮށް ވަނީ މަސައްކަތް ނިމިފައި
ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓު ބެހެއްޓުމުގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައި