ސޮސިއެޑާޑް އަތުން ބާސެލޯނާ ބަލިވުން

ރެއާލް ސޮސިއެޑާޑް އަތުން 1-0އިން ރޭ ޗެމްޕިއަން ބާސެލޯނާ ބަލިވެ، ލަލީގާގެ ތަށި ހޯދުމުގެ ފުރުސަތު ހުޅުވިއްޖެ އެވެ. ހަ ޕޮއިންޓްގެ ލީޑަކާއެކު މެޗު ފެށި ނަމަވެސް މިހާރު އެލީޑު ތިން ޕޮއިންޓަށް ހަނިވެ ބާސެލޯނާ އަށް ލިބިފައިވަނީ 76 ޕޮއިންޓެވެ. ދެ ވަނާގައިވާ އެތްލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 73 ޕޮއިންޓެވެ. ރެއާލް މެޑްރިޑަށް 72 ޕޮއިންޓެވެ. މިހެންވެ ތަށި ހޯދުމުގެ ފުރުސަތު މި ތިން ޓީމަށް ވެސް އެބައޮތެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ހަ މެޗެވެ.