ކޯސްޓްގާޑް ޝިޕް "ހުރަވީ" އަށް ރައީސް ވަޑައިގަތުން

24 އޭޕްރީލް 2016 - ކޯސްޓްގާޑް ޝިޕް "ހުރަވީ" އަށް، ރައީސުލް ޖުމްޖޫރިއްޔާ އަދި ކޮމާންޑަރު އިން ޗީފް، އަބްދުﷲ ޔާމީން ޒިޔާރަތް ކުރެއްވުން: މި ޒިޔާރަތުގައި، އިތްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއި ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި، ކޯސްޓްގާޑް ޝިޕް "ހުރަވީ" އަށް ޒިޔާރަތް ކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި، މި އުޅަނދަކީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި ދިފާއީ ކަންކަން، ކަނޑުގެމަގުން ބެލެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އުޅަނދެއް ކަމަށް ފާހަގަކުރެއްވި އެވެ.