ތާރު އެޅިބައި މުޅީން ބަދަލުވެފައި!

ވެރިރަށް މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި މިހާރު ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ. ބޮޑު ތަކުރުފާނު މަގުގެ މި ބަޔަކީ ފުރަތަމަ ފަހަރަށް މާލޭގައި މާލޭގައި ތާރު އަޅައިގެން މަގެއް، ނުވަތަ މަގެއްގެ ބައެއް ތަރައްގީ ކުރި ފުރަތަމަ ފަހަރެވެ. މާލޭގެ ހުޅަނގު ދެކުނުފަރާތުން ބޮޑު ތަކުރުފާނު މަގުގެ ކަޅުތުއްކަލާ ކޮށިން ފެށިގެން މެރީބުރައުންއާ ހަމައަށް ތާރު އަޅާފައިވާ މަގުގެ މި ސަރަހައްދު ބަންދުކޮށްފައި އޮތުމަށްފަހު އިއްޒުއްދީނު މަގާއެކު ހުޅުވާލުމާއެކު މިއަދު ވެސް މާލޭގެ ޓްރެފިކަށް ވަނީ ލުޔެއް ލިބިފައެވެ. -- އަވަސް ފޮޓޯ: އަފްޝީން ނަސީރު

މިއަދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުނު ދުވަހަށް ވާއިރު ތާރު އެގި މަގެއް މާލެއަށް މިއަދު އިތުރުވެގެން ދިއުމަކީ ތާރީހުގެ ތެރެއަށް ވަދެގެންދާނެ ކަމެކެވެ.
ތާރު އަޅައި އަލަށް ހުޅުވައިލި ސަރަހައްދުގައި ދުވާލު ވަރަށް ހިތްގައުމު ގޮތަކަށް މަންޒަރު ފެންނަ އިރު ރޭގަނޑުވެސް އެ ސަރަހައްދުގެ މަންޒަރު ފެންނަނީ ވަރަށް ރީތި ގޮތަކަށެވެ. ތާރު އެޅި ސަރަހައްދު ބަލައިލުމަށާއި އެ ސަރަހައްދުގައި ދުއްވާލުމަށް ވެސް ބައެއް މީހުން ދެ އެވެ.
އަލަށް ތާރު އެޅި ސަރަހައްދަކީ މާލޭގައި މިހާރު ބިން ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ ސިނާއީ އަވަށާ ގުޅިގެންދާ ބައެކެވެ. މި ސަރަހައްދު ކުރިން އޮތް ގޮތާއި މިހާރު ފެންނަނަ ފެނުން ވަރަށް ބޮޑަށް ތަފާތެވެ. މި ސަރަހައްދު ބަލައިލަން ދާ މީހުންވެސް އެ ސަރަހައްދުގެ މަންޒަރު ބަދަލުވެފައިވާކަން ފާހަގަ ކުރެ އެވެ.
ބޮޑު ތަކުރުފާނުގެ ބައެއްގައި ތާރު އަޅައި އާންމުކޮށް ހުޅުވާލުމުން މަގަށް ބޮޑު ބަދަލެއް އައިސްފައިވާއިރު ތާރު އަޅައިގެން މާލެ ވަށާއި ބޮޑުތަކުރުފާނު މަގު އެއްކޮށް ތަރައްގީ ކުރުމުން މާލެ ވަށާއިގެން އޮންނަ މަގާއެކު މަންޒަރު ވަރަށް ބޮޑަށް ބަދަލުވެގެންދާނެ އެވެ. ސަރުކާރުންރާވާފައި ވަނީ މާލެ ވަށައި ތާރު އަޅައި މަގު ތަރައްގީ ކުރުމަށެވެ.
މި ސަރަހައްދު ބަންދުކޮށްފައި އޮތުމުގެ ސަބަބުން މިހާތަނަށް މާލޭގެ ޓްރެފިކް ފްލޯއަށް ވެސް ބަދަލުތަކެއް އެ ސަރަހައްދާ ގުޅިގެން އައެވެ. ނަމަވެސް އެ ސަރަހައްދު ހުޅުވާލުމާއި އަދި އިއްޒުއްދީނު މަގު ހުޅުވާލުމުން އެ ސަރަހައްދާއި އަދި އެ ހިސާބާ ގުޅިފައިވާ މަގުތަކުގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް މިހާރުވެސް ވަނީ އައިސްފައެވެ.
މާލޭގައި ފުރަމަތަ ފަހަރަށް މަގެއްގައި ތާރު އަޅައި ތަރައްގީ ކުރި ނަމަވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިހާރު ތާރު އަޅައިގެން ތަރައްގީ ކުރާ މަގުތައް އެބަހުއްޓެވެ.
ތާރު އެޅި ސަރަހައްދު މިއަދު ހެނދުނު އާންމުކޮށް ހުޅުވާލާފައި ވިޔަސް އާންމުންގެ ގިނަ ބަޔަކު އެސަރަހައްދަށް ޖަމާވެފައެއް ނުވެއެވެ. ނަމަވެސް މިރޭ ތާރު އެޅި ސަރަހައްދު ބަލައިލަން ވެސް މީހުން ގޮސް އުޅުނެވެ.
މާލެއަށް މިފަދަ ގިނަ ބަދަލުތައް އަންނަން ފަށާފައި ވަނީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު އައުމަފަހު އެވެ. ރާއްޖޭގެ އެއްވެސް ޒަމާނެއްގައި މާލެ އަށް ބަދަލުތައް ގެނެސްފައިވާ ނުވާ ވަރަށް މިހާރު ވެސް މާލެ ވަނީ ބަަދަލުވެ، ކުރިޔަށްވުރެ އެތައްގޮތަކުން ހިތްފަސޭހަވެފައެވެ.