ތިނަދޫ މިއުޒިއަމް ޕާކްގެ މަސައްކަތް

ގ.ދ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ގ.ދ ތިނަދޫގައި އަޅަމުންދާ މިއުޒިއަމް ޕާކްގެ މަސައްކަތްދަނީ ހަލުވި ސްޕީޑެއްގައި ކުރިއަށެވެ. މި މަސައްކަތް ތާވަލު ކުރި ދުވަހަށް ނުނިންމުނު ކަމުގައި ވިޔަސް ވީ އެންމެ އަވަހަކަށް މި ޕާކުގެ މަސައްކަތް ނިންމުމަށް މި ޕާކުގެ ކޮންޓްރެކްޓަރުން ކަމުގައިވާ އެމްޓީސީސީ އާއި އެމްއާރްޑީސީ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއުޒިއަމް ބައި ފަރުމާކޮށްފައި ވަނީ 3 ޢިމާރާތް ހިމެނޭ ގޮތަށެވެ. އެއީ މިއުޒިއަމަކާއި، ލައިބްރަރީއަކާއި ހޯލެކެވެ. މީގެ އިތުރުން މި ޕާކުގައި އިންޓަރެކްޓިވް ފައުންޓެއިން، ސްޕްލޭޝް ޕެޑަކާއި ފުޑް ކޯޓެއްވެސް ހެދިގެންދާނެއެވެ. މިއާއެކު ޕާކްގައި ގަސްއިންދައި، ޒީނަތްތެރިކުރުމުގެ މަސަކަތަށް މިހާރު ވަނީ ނިމުމަކާއި ހިސާބަށް އައިސްފައެވެ. މިޕާކަކީ ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރުފުރުން ފާހަގަކުރުމުގެ މުނާސަބަތާއި ގުޅިގެން ސަރުކާރުން ތިނަދޫގެ ރައްޔިތުންނަށް ދެއްވާ ހަދިޔާއެކެވެ. މި ކަމަށް ސަރުކާރުގެ ބަޖެޓުން 25 މިލިއަން ރުފިޔާ ޚަރަދުކުރައްވައެވެ.

*ގ.ދ ތިނަދޫއިން:- އަހުމަދު ޝުރާއު | އަވަސް