އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްއަކީ އެމެރިކާގެ ނިއުޔޯކަށް އުފަން އެމެރިކާގެ 45 ވަނަ ރައީސެވެ. އޭނާ އެމެރިކާގެ ރައީސް ކަމަށް ވަޑައިގަތުމަކީ ދުނިޔެ އާއި އެމެރިކާ ވެސް ހައިރާންކޮށްލި ކަމެކެވެ. ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ބަލިކުރައްވައި ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް ވަޑައިގެން މިއަދު މަގާމުގެ ހުވާ ކުރައްވާވާއިރު އެނާގެ އުމުރުފުޅުން މިހާރު 70 އަހަރެވެ. ވަރަށް ބޮޑު މަހުޖަނެއް އަދި ވަރަށް ދޫހެލޭ ވާހަކަ ދެއްކުންތެރިއެކެވެ. ބަސް މަގު އެހާ ސީދާ އަދި ހަރުކަށި ބޭފުޅެއް މެއެވެ. އޭނާގެ ވެރިކަމާއެކު އެމެރިކާގެ ސިޔާސަތު ބައްޓަން ވެގެންދާނެ ގޮތް ލަފާކޮށްލަން ވެސް އަދި ނޭނގޭ އިރު މުޅި ދުނިޔެ އޮތީ ޓްރަމްޕާއެކު އަތުވެދާނެ ބަދަލުތަކަށް ސަމާލުވެ އެވެ.
ޓްރަމްޕްއަކީ އެމެރިކާގެ ނިއުޔޯކަށް އުފަން އެމެރިކާގެ 45 ވަނަ ރައީސެވެ. އޭނާ އެމެރިކާގެ ރައީސް ކަމަށް ވަޑައިގަތުމަކީ ދުނިޔެ އާއި އެމެރިކާ ވެސް ހައިރާންކޮށްލި ކަމެކެވެ. ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ބަލިކުރައްވައި ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް ވަޑައިގެން މިއަދު މަގާމުގެ ހުވާ ކުރައްވާވާއިރު އެނާގެ އުމުރުފުޅުން މިހާރު 70 އަހަރެވެ. ވަރަށް ބޮޑު މަހުޖަނެއް އަދި ވަރަށް ދޫހެލޭ ވާހަކަ ދެއްކުންތެރިއެކެވެ. ބަސް މަގު އެހާ ސީދާ އަދި ހަރުކަށި ބޭފުޅެއް މެއެވެ. އޭނާގެ ވެރިކަމާއެކު އެމެރިކާގެ ސިޔާސަތު ބައްޓަން ވެގެންދާނެ ގޮތް ލަފާކޮށްލަން ވެސް އަދި ނޭނގޭ އިރު މުޅި ދުނިޔެ އޮތީ ޓްރަމްޕާއެކު އަތުވެދާނެ ބަދަލުތަކަށް ސަމާލުވެ އެވެ.
ޑޮނަލްޑް ޓަރަމްޕް:-
ޓްރަމްޕް މަގާމުގެ ހުވާ ކުރެއްވުމުގެ ތައްޔާރީތައް ވެފައިވާއިރު އޭނާ އަށް ތާއީދު ކުރާ އެތަކެއްހާސް މީހުން ދަނީ އުފާ ފާޅު ކުރަމުންނެވެ. އަދި އޭނާ އަށް ނަފުރަތުކުރާ އެތަކެއް ހާސް މީހުން ގެންދަނީ އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަން ތައްޔާރުވަމުންނެވެ.
ޑޮނަލްޑް ޓަރަމްޕްގެ އާއިލާ:-
އާ ރައީސް ޓްރަމް ވަނީ ވަނީ މިހާތަނަށް ތިން ބޭކަނބަލަކާއި ކައިވެނި ބައްލަވައިގެންފަ އެވެ. އެގޮތުން ޓްރަމްޕަށް ވަނީ ތިން ދަރިކަލުންނާއި ދެ ދަރިކަނބަލުން ލިބިވަޑައިގަންފަ އެވެ. އެ ހުރިހާ ބޭފުޅުންނަކީ ވެސް ޓްރަމްޕާ އެކުގައި ދިރިއުޅުއްވާ ބޭފުޅުންނެވެ.
ޑޮނަލްޑް ޓަރަމްޕްއާއި އިވާނާ ޓްރަމްޕް:-
ޑޮނަލްޑް ޓަރަމްޕް ފުރަތަމަ ކައިވެނި ބައްލަވައިގަތީ އިވާނާ ޓްރަމްޕާއެވެ. އެ ކައިވެނި ކުރައްވާފައި ވަނީ 1977 ވަނަ އަހަރުގަ އެވެ. ޓްރަމްޕާއި އިވާނާގެ ކައިވެނި ނިމުމަކަށް އައީ 1992 ވަނަ އަހަރުގަ އެވެ.
ޑޮނަލްޑް ޓަރަމްޕްއާއި އިވާނާ ޓްރަމްޕްގެ ތިން ދަރިން:- (ވ-ކ) ޑޮނަލްޑް ޓަރްމްޕް ޖޫނިއާ،އެރިކް ޓްރަމްޕް އަދި އިވާންކާ ޓްރަމްޕް.
އިވާނާ އާއި ޓްރަމްޕަށް ވަނީ ތިން ބޭފުޅުން ލިބި ވަޑައިގެންފަ އެވެ. އެއީ ޑޮނަލްޑް ޓަރްމްޕް ޖޫނިއާ އާއި އެރިކް ޓްރަމްޕް އަދި އިވާންކާ ޓްރަމްޕެވެ. މިއީ ޓްރަމްޕާ ވަރަށް ގާތް ގުޅުން އޮންނަ ވަރަށް ބޮޑަށް ބައްޕާފުޅުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނެވެ.
ޑޮނަލްޑް ޓްރަމްޕް އާއި މާލާ މޭޕަލްސް:-
ޑޮނަލްޑް ޓަރަމްޕް ދެވަނަ އަށް ކައިވެނި ބައްލަވައިގަތީ މަލާ މެޕްލަސްއާއި އެވެ. މަލާ މެޕަލްސްއަކީ އެމެރިކާގެ އޭރުގެ އެކްޓްރެސްއެކެވެ. މިކައިވެނި ކުރެވިފައިވަނީ އިވާނާ އާއި ޓްރަމްޕް ވަކިވިތާ އަހަރެއް ފަހުން 1993 އަހަރުގަ އެވެ. އެ ކައިވެނި ނިމުމަކަށް އައީ ކައިވެނި ކުރިތާ ހަ އަހަރު ފަހުން 1999 ވަނަ އަހަރުގަ އެވެ.
ޑޮނަލްޑް ޓްރަމްޕް އާއި މާލާ މޭޕަލްސް ގެ ދަރި ޓިފްނީ ޓްރަމްޕް ހުވާ ކުރުމުގެ ރަސްމިޔާތަށް ވޮޝިންގްޓަން އަށް އައުން:-
ޓްރަމްޕްގެ ކައިވެނިން ލިބި ވަޑައިގެންނެވީ އެންމެ ބޭފުޅެކެވެ.އެއީ ޓިފަނީ ޓްރަމްޕެވެ. ޓިފްނީ ޓްރަމްޕްގެ އުމުރުން އެންމެ 23 އަހަރެވެ. އެމެރިކާގައި ވަރަށް މަޝްހޫރު ބޭފުޅެކެވެ. މިއުޒިކީ ހަޔާތެއް ހޭދަ ކުރައްވާ އެބޭފުޅާގެ ލަވައެއްވެސް ރިލީޒްވެ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައި ވެއެވެ.
ޑޮނަލްޑް ޓްރަމްޕް އާއި މެލާނިއާ ޓްރަމްޕް ހުވާ ކުރުމުގެ ރަސްމިޔާތަށް ވޮޝިންގްޓަން އަށް އައުން:-
ޓަރަމްޕްގެ މިހާރުގެ އަނބިކަބަލުން، އަދި އާ ފަސްޓްލޭޑީ އަކީ ސޮލޮވޭނިއާއަށް އުފަން މެލާނިއާ ޓްރަމްޕްއެވެ. އެކަމަނާ ވެގެންދާނީ އެމެރިކާގެ ދެވަނަ އެހެން ގައުމަކަށް ނިސްބަތްވާ ފްސްޓްލޭޑީއަށެވެ. އެނާގެ އުމުރުފުޅުން މިހާރު 46 އަހަރެވެ. ޓްރަމްޕް އާއި މެލާނިއާ ދިމާވީ 1998 ވަނަ އަހަރުގައެވެ. އޭރުންސުރެ އެކުގައި އުޅުއްވަމުން އައިސް ކައިވެންޏަކާ ހިސާބަށް ވަޑައިގެންނެވުނީ 2005 އަހަރުގެ ޖެނުއަރީ މަހުގަ އެވެ.
ޑޮނަލްޑް ޓްރަމްޕް އާއި މެލާނިއާ ޓްރަމްޕްގެ ދަރި ބެރަން ޓްރަމްޕް:-
މެލާނިއާ އާއި ޓްރަމްޕަށް ވެސް ވަނީ ބޭފުޅަކު ލިބި ވަޑައިގެންފަ އެވެ. އެއީ ބެރޮން ޓްރަމްޕްއެވެ. އެނާގެ އުމުރުން އަދި އެންމެ 10 އަހަރެވެ. ވައިޓް ހައުސްގައި ދިރިއުޅުއްވަން ފައްޓަވާނީ އަދި ދުވަސްކޮޅެއް ފަހުންނެވެ.
ޑޮނަލްޑް ޓްރަމްޕް އާއި އާއިލާ ހުވާ ކުރުމުގެ ރަސްމިޔާތަށް ވޮޝިންގްޓަންގައި:-
ޑޮނަލްޑް ޓްރަމްޕް އާއި އާއިލާ ހުވާ ކުރުމުގެ ރަސްމިޔާތަށް ވޮޝިންގްޓަންގައި:-
ޓަރްމްޕްގެ ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު މިހާރު ވަނީ ކަައިވެނިކޮށް ޒަވާޖީ ހަޔާތެއްފަށާފަ އެވެ. ހަމައެއާއެކު ޓްރަމްޕްއަށް ވަނީ އަށް ކާފަދަރިން ވެސް ލިބިފައެވެ. އެއީ އިވަންކާގެ ތިން ދަރިންނާއި ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ ފަސް ދަރިންނެވެ. އެރިކް ޓްރަމްޕައަށް އަދި ދަރިއެއް ނުލިބެއެވެ.
ޑޮނަލްޑް ޓްރަމްޕް ގެ ދައްތަ މެރިޔެން ޓަރްމްޕް ބެރީ ހުވާ ކުރުމުގެ ރަސްމިޔާތަށް ވޮޝިންގްޓަންގައި:-
ޓްރަމްޕްގެ އާއިލާއަށް ބަލާލާއިރު ދުނިޔޭގައި ހުރީ އެނާގެ އެންމެ ދައްތައެކެވެ. އެއީ މެރިޔެން ޓަރްމްޕް ބެރީ އެވެ. އެނާ ވަނީ ޓްރަމްޕްގެ ހުވާ ކުރުމުގެ ރަސްމިޔާތަށް ވޮޝިންގްޓަންއަށް ވަޑައިގެންފައެވެ. މެރިޔެން އާއި ޑޮނަލްޑްގެ އުމުރުން ހުރީ އެންމެ 10 އަހަރުގެ ތަފާތެވެ. މެރިޔެން ގެ އުމުރުރް 79 އަހަރެވެ.
ޑޮނަލްޑް ޓްރަމްޕް އަދި އޭނަގެ ނައިބް ރައީސް މައިކް ޕެންސް:-
ޑޮނަލްޑް ޓްރަމްޕްގެ ރިއާސީ ދައުރުގައި އެމެރިކާގެ ނައިބް ރައީސްކަމަށް ޓްރަމްޕް ހޮއްވަވާފައިވަނީ މައިކް ޕެންސް އެވެ. މައިކް ޕެންސްއަކީ ވެސް ރިޕަކްލިކަން ޕާޓިގެ މެމްބަރެކެވެ.
ޓަރަމްޕް ޓަވަރ:-
ޓްރަމްޕް ވެރިކަމާއި ހަވާލުވެވަޑައި ގަތުމުގެ ކުރިން އުޅުއްވަމުން ގެންދެވީ ނިޔުޔޯކްގައި ހުންނަ ޓްރަމްޕް ޓަވާގަ އެވެ. މި ޓަވަރަކީ ޓްރަމްޕް އޯގަނައިޒޭޝަން ވެސް ހިންގަމުންގެންދާ ޓަވަރެވެ.
ޑޮނަލްޑް ޓަރަމްޕްއާއި މެލާނިއާ އަދި ހަންގު ދަރިފުޅު އެމީހުންގެ އަމިއްލަ ޕެންޓްހައުސްގައި:-
ޓަރްމްޕް ޓަވާރުގެ ޕެންޓްހައުސްގައި ޓްރަމްޕް އުޅުއްވަމުން ގެންދެވީ އޭނަގެ މިހާރުގެ އަނބިކަބަލުން ކަމުގައިވާ މެލާނިއާ ޓްރަމްޕް އާއި އެ ދެމީހުންގެ ހަމައެކަނި ދަރިފުޅު ކަމުގައިވާ ބެރަން ޓަަރަމްޕާއި އެކުގަ އެވެ.
ޓަރަމްޕް ޓަވަރުގެ އެތެރެ:-
ޓަރަމްޕް ޓަވަރަކީ މަޝްހޫރު ގިނަ ތަރިންތަށް ކުއްޔައްވެސް މިހާރުވެސް ހިފާފައިވާ ޓަވަރަކެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މީނާގެ އިތުރުން ވެސް އެކި ގައުމު ތަކުގެ މަހުޖަނުންތަށް ވަނީ މި ޓަވަރުން އެޕާާޓްމެންޓަތައް ބައްލަވައިގެންފަ އެވެ. މި ޓަވަރަކީ ވަރަށް ހިއްގައިމު އަދި ތަފާތު ކޮންސެޕްޓަކަށް ހެދިފައިވާ ތަނެކެވެ.
ޓްރަމްޕް ވޮޝިންގްޓަންގައި:-