ފޮޓޯ ސްޓޯރީ: ސްވައިން ފްލޫ އައިސް މުޅި މާލޭގައި މާސްކް އަޅުވައިފި

އެޗް1އެން1 ނޫނީ ސްވައިން ފްލޫގެ ބާރުގަދަ ވައިރަސް މުޅި ގައުމަށް ބާރު މިނުގައި ފެތުރި އެ ބަލީގައި 50 އަށް ވުރެ ގިނަ މީހުން ބަލިކޮށްލި ހަބަރާ އެކު ރޭ އެންމެންނަށް ލިބުނީ ޝޮކެކެވެ. އެ ބަލި ހުރި އެކަކު މަރުވުމާއި މާބަނޑު ދެ އަންހެނުން އެ ހުމުގައި ސީރިއަސްވެ، ވެންޓިލޭޓަރުގެ އެހީގައި ނޭވަލާން ފެށުމުން މައްސަލައިގައި ހަގީގީ ސީރިއަސްކަން އެންމެންނަށް ވެސް ވިސްނުނެވެ.
އެޗް1އެން1 ނޫނީ ސްވައިން ފްލޫގެ ބާރުގަދަ ވައިރަސް މުޅި ގައުމަށް ބާރު މިނުގައި ފެތުރި އެ ބަލީގައި 50 އަށް ވުރެ ގިނަ މީހުން ބަލިކޮށްލި ހަބަރާ އެކު ރޭ އެންމެންނަށް ލިބުނީ ޝޮކެކެވެ. އެ ބަލި ހުރި އެކަކު މަރުވުމާއި މާބަނޑު ދެ އަންހެނުން އެ ހުމުގައި ސީރިއަސްވެ، ވެންޓިލޭޓަރުގެ އެހީގައި ނޭވަލާން ފެށުމުން މައްސަލައިގައި ހަގީގީ ސީރިއަސްކަން އެންމެންނަށް ވެސް ވިސްނުނެވެ.
މިއަދު ހެނދުނަށް އިރުއެރީ އެންމެން ވެސް ރައްކާތެރި ވުމުގެ ގޮތުން އެ މީހަކަށް ކުރެވުނު ކަމެއް ކުރުމުގެ ވަރުގަދަ އަޒުމުގަ އެވެ. އެއްބަޔަކު ފްލޫ ކްނިކްތަކަށް ދުއްވައި ގަތް އިރު އަނެއް ބަޔަކު ބެލީ ޑޮކްޓަރުން ދޭ ލަފާތަކުގެ ބަސް އަހައިގެން އަމިއްލަ ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ. ގިނަ ބަޔަކު ބެލީ ސެނިޓައިޒާ ފުޅިތަކާއި ޓިޝޫ އާއި ސާޖިކަލް މާސްކް ގޭގެއަށް އެއް ކުރާށެވެ. ފްލޫ ކްލިނިކްތައް ފުރިބާރުވެފައި އޮތް މަންޒަރާ އެކު މިއަދު ފެންނަ އެންމެ ތަފާތު މަންޒަރަކީ އަގަޔާއި ނޭފަތް ނިވާކުރުމަށް ގިނަ ބަޔަކު މާސްކް ބޭނުން ކުރާ ކަމެވެ.
"ކޮންމެހެން ފަސޭހަވެގެނެއް ނޫން މާސްކް އަޅަނީ. އެކަމަކު ބަލިން ރައްކާތެރިވާން މިކަން އެބަ ޖެހޭ ކޮންމެހެން ކުރަން. މިފަދަ ކަންކަމުގައި އަމިއްލަ ފަރުދީ ޒިންމާ އޮންކަން ދެކިގެން މާސްކް މިއަޅަނީ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި މުޖުތަމައުތަކުގައި ވެސް މިކަހަލަ ހާލަތްތަކުގައި މީހުން ކަންކުރާ ގޮތް. އެހެން ވީމާ، އަހަރުމެން މިގޮތަށް މާސްކް ބޭނުން ކުރަން ޖެހިލުންވާކަށް ނުޖެހޭ. ބަލި ޖެހުމުގެ ކުރިން ރައްކާތެރިވުން މުހިންމު،" ސީއެޗްއެސްސީގެ ގްރޭޑް 12 ގައި ކިޔަވަމުން އައި ދަރިވަރަކު ބުންޏެވެ.
މަގުމަައްޗަށް ނުކުންނަ އިރު އާއި އާންމުކޮށް މީހުން ޖަމާވާ ތަންތަނަށް ދާއިރު މީހުން މާސްކް އަޅަން މި ފެށީ، ޑޮކްޓަރުންގެ ބަސް އެހުމުގެ ގޮތުންނެވެ. ހުމުގެ ނުރައްކަލުން ސަލާމަތްވުމަށެވެ. ޒުވާނުންނާއި އެހެން ވެސް އުމުރުފުރާތަކުގެ މީހުން ބޭރަށް ނިކުންނަ އިރު މި ވަނީ މާސްކް ބޭނުން ކުރަން ފަށައިފަ އެވެ. އެހެން ނަމަވެސް އެޗްޕީއޭއިން ބުނަނީ ބަލި ނުޖެހޭ މީހުން ވަކި މާސްކް ބޭނުން ކުރުމަކުން ރައްކާތެރިކަމެއް ނުލިބޭނެ ކަމަށެވެ.
ރާއްޖޭގައި އުޅޭ ބަނގްލަދޭޝްގެ މީހުންގެ ތެރޭގައި މިބަލި ހަލުވި މިނުގައި ފެތުރުމުގެ ބިރު އެބައޮތެވެ. ސަބަބަކަށް ވަނީ އެ މީހުން އުޅެން ޖެހިފައިވާ މާހައުލާއި ސާފުތާހިރުކަން ހުންނަ ގޮތެވެ. މި ހުރިހާ ސަބަބުތައް އެކުވުމުން އެ ހުމުގެ ނުރައްކާ އެންމެ ބޮޑު އެއްބަޔަކީ ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ ބިދޭސީން އެވެ. މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމަށް މީގެ ކުރިން ހެލްމެޓެއް އަޅާލަން ވެސް ލިބިފައި ނުވި ނަމަވެސް މިއަދު ގިނަ ބިދޭސީ އިން ވެސް ފެންނަނީ މާސްކް އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ތިއްބަ އެވެ. އެހެން ނަމަވެސް އެޗްޕީއޭއިން ބުނަނީ، އެޗްޕީއޭއިން ބުނަނީ މާސްކް އަޅަން ޖެހެނީ ބަލި ޖެހިފައި ތިބި މީހުން ކަމަށެވެ. ސަބަބަކީ، އެމީހުންގެ ފަރާތުން އެހެން މީހުންނަށް އެ ވައިރަސް ފެތުރުނަ ނުދިނުމަށެވެ.
އެކަމަކު ސްވައިން ފްލޫ އިން ރައްކާތެރި ވުމަށް ހަމައެކަނި މާސްކް އެޅުމަކުން ނުފުދެ އެވެ. ކެއްސާ ކިބިހި އަޅާއިރު ޓިޝޫފަދަ ތަކެތިން އަނގަމަތި ނިވާކުރުމާއި ބޭނުން ކުރާ ޓިޝޫ ޑަސްޕިނަށް ލުމާއި ގިނައިން އަތްދޮވުމާއި ސެނިޓައިޒާ ފަދަ ތަކެތި ބޭނުން ކުރުން މިއީ ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމެވެ.
ރާއްޖޭގައި އުޅޭ ބަނގްލަދޭޝްގެ މީހުންގެ ތެރޭގައި މިބަލި ހަލުވި މިނުގައި ފެތުރުމުގެ ބިރު އެބައޮތެވެ. ސަބަބަކަށް ވަނީ އެ މީހުން އުޅެން ޖެހިފައިވާ މާހައުލާއި ސާފުތާހިރުކަން ހުންނަ ގޮތެވެ. މި ހުރިހާ ސަބަބުތައް އެކުވުމުން އެ ހުމުގެ ނުރައްކާ އެންމެ ބޮޑު އެއްބަޔަކީ ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ ބިދޭސީން އެވެ. މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމަށް މީގެ ކުރިން ހެލްމެޓެއް އަޅާލަން ވެސް ލިބިފައި ނުވި ނަމަވެސް މިއަދު ގިނަ ބިދޭސީ އިން ވެސް ފެންނަނީ މާސްކް އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ތިއްބަ އެވެ.
"ބައިވވަރު މީހުން އެއްތަނަކަށް އެއްވެގެން ވަރަށް ހަޑި ތަންތަނުގައި ވެސް މަސައްކަތް ކުރަން އެބަ ޖެހޭ. މުޅި ދުވަސް މަސައްކަތުގައި އުޅެން ޖެހޭ އިރު މި ފެތުރޭ ބަލި ޖޭހޭކަށް ބޭނުމެއް ނުވެ. ބަލި ޖެހިއްޖެއާ މަސައްކަތެއް ނުކުރެވޭނެ. އެހާ ހިސާބުން ބޭނުން ކެނޑުނީ. ގައުމުގައި އާއިލާ ދޫކޮށް އުޅޭ އިރު ކިތަންމެ ބުރަކޮށް މަސައްކަތް ކުރިނަމަވެސް ބަލިތަކުން ވީހާވެސް ބޮޑަށް ރައްކާތެރިވެގެން އުޅެން ބޭނުމީ،" ބިދޭސީއަކު ބުންޏެވެ.
މާސްކަށް ޑިމާންޑް ބޮޑުވެ ވަރަށް ގިނަ ބޭސްފިހާރަތަކުން މާސްކް މިހާރު ގަންނަން ވެސް ނުލިބެ އެވެ. ނޫނީ އަނެއްބައި ތަންތަނުން މާސްކް ވިއްކަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްގެންނެވެ.
ހުމުގެ ނުރައްކަަލާ އެކު ކޮންޓްރޯލް ކުރަން އަޅާފިޔަވަޅެއްގެ ދަށުން، މުޅި ރާއްޖޭގެ ސްކޫލްތަކާއި ކޮލެޖްތައް އަދި ޔުނިވަސިޓީތަކުގެ ކިޔެވުން މި ވަނީ އެއްކޮށް ބަންދުކޮށް ކިޔެވުން މިއޮތީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި ގިނަ ބަޔަކު އެއްވެގެން ބާއްވާ ޝޯތަކާއި ހަފްލާތައް ވެސް މިވަގުތަށް މިވަނީ ހުއްޓާލައިފަ އެވެ. ސްކޫލްތަކުގެ އެކްޓިވިޓީތަކަށް ވެސް މި ވަނީ ހުއްޓުން އައިސްފަ އެވެ. މިހާރު ފެތުރިގެން މިއުޅޭ ހުމުން އަދި އަރައިގަނެވޭނެ ދުވަހެއް ބުނަން އަވަސްކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ.
ހުންގަނޑު މައިތިރިވާނެ އިރެއް އަދި ބުނަން ނޭނގޭ އިރު،މި ގަދަ ހުމާ އެކު އެތައް ބަޔަކު މި ވަނީ އެދުމަތިކޮށްލައިފަ އެވެ. އެތައް ބައެއްގެ އާންމު ދިރިއުޅުމަށް މި ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. މިހާރު އެންމެންގެ އުންމީދަކީ ވެސް މި ހުން ފިލައިގޮސް އެންމެން ވެސް އާންމު ދިރިއުޅުމަކަށް އެނބުރި ރުޖޫއަވެވޭނެ ދުވަހެކެވެ.